ލަންކާގެ ކުރީގެ ބައެއް ރައީސުން
ދުނިޔެ
30 Sep 2024 | 12:48
ލަންކާގެ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މުރާޖަޢާކޮށް އުނިކުރުމުގެ މަސައްކަތް ފަށައިފި

ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް މުރާޖަޢާކޮށް، ވަކި މިންގަނޑެއްގެ ދަށުން އުނިކުރުމުގެ މަސައްކަތް ލަންކާ ސަރުކާރުން ފަށައިފައެވެ.

ނަމަވެސް، ބައެއް އިނާޔަތްތައް އުނިކުރުމަށްޓަކައި ޤާނޫނީ އިސްލާހުތަކެއް ގެންނަންޖެހޭތީ، އެކަން ކުރިއަށް ގެންދެވޭނީ ކުރިއަށް އޮތް ގާނޫނު ހަދާ މަޖިލީހުން ކަމަށް އެ ގައުމުގެ އައު ސަރުކާރުން ބުނެއެވެ.

ލަންކާގެ މިހާރުގެ ރައީސް އަނުރާ ކުމާރާ ދިސަނާޔަކޭ ވަނީ އިންތިޚާބީ ވަޢުދެއްގެ ގޮތުގައި، ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް، ޕެންޝަން ހިމެނޭގޮތަށް އުވާލުމަށް ވަޢުދުވެފައެވެ. ނަމަވެސް، މި އިނާޔަތްތައް ކަނޑައެޅިފައިވަނީ 1986 ވަނަ އަހަރު ފާސް ކުރެވުނު ރައީސުންގެ އިނާޔަތްތަކާބެހޭ ޤާނޫނު ނަންބަރު 4 ގެ ދަށުންނެވެ.

މި ޤާނޫނުގެ ދަށުން، ކޮންމެ ކުރީގެ ރައީސަކަށާއި، ކުރީގެ ރައީސެއްގެ އަނބިކަނބަލަކަށް، އެ ބޭފުޅެއްގެ އުމުރު ދުވަހަށް، އެކަށީގެންވާ ގެއެއް ކުއްޔަކާ ނުލައި ބޭނުންކުރުމުގެ ހައްޤު ލިބިދެއެވެ. އަދި އެފަދަ ގެއެއް ފޯރުކޮށްނުދެވޭ ހާލަތުގައި، މަހު ޕެންޝަންގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުގެ އެލަވަންސެއް ދޭންޖެހެއެވެ.

މީގެ އިތުރުން، ކޮންމެ ކުރީގެ ރައީސަކަށް، ރައީސްގެ އަމިއްލަ ސެކްރެޓަރީގެ މަޤާމުގައި ހުންނަ މީހަކަށް ދެވޭ މުސާރައާ އެއްވަރުގެ ސެކްރެޓޭރިއަލް އެލަވަންސެއް ދޭންޖެހެއެވެ. އަދި ކުރީގެ ރައީސެއްގެ އަނބިކަނބަލަކަށް، ކެބިނެޓް މިނިސްޓަރެއްގެ އަމިއްލަ ސެކްރެޓަރީގެ މުސާރައާ އެއްވަރުގެ ސެކްރެޓޭރިއަލް އެލަވަންސެއް ދޭންޖެހެއެވެ.

މީގެ އިތުރުން، ކުރީގެ ރައީސުންނަށް ރަސްމީ ދަތުރުފަތުރާއި، ކެބިނެޓް މިނިސްޓަރުންނަށް ދެވޭ އެހެނިހެން އިނާޔަތްތައްވެސް ލިބިދެއެވެ. އަދި ޕެންޝަންވެސް ދައުލަތުގެ މާލިއްޔަތުން ދެވެއެވެ.

ސްރީލަންކާގެ އައު ރައީސްގެ އަރިސް ބޭފުޅަކާއި ހަވާލާދީ އެ ގައުމުގެ ނޫހަކުން ބުނެފައިވާ ގޮތުގައި، ސަރުކާރުން މި ހުރިހާ އިނާޔަތްތަކެއް މުރާޖަޢާކޮށް، އިންތިޚާބީ ވަޢުދާ އެއްގޮތަށް އުނިކުރުމަށް މިންގަނޑުތަކެއް އެކުލަވާލާނެއެވެ.

"އަޅުގަނޑުމެން ބަލާނަން އިތުރު އިނާޔަތްތަކެއް ދެވިފައި ހުރިތޯ. ޤާނޫނުގައި ބަޔާންކޮށްފައިވާ އިނާޔަތްތައް އުނިކުރެވޭނީ ހަމައެކަނި ޤާނޫނީ އިސްލާހުތަކެއް ގެނެސްގެން،" އެ ފަރާތުން ލަންކާގެ ނޫހަށް މައުލޫމާތު ދީފައިވެއެވެ.

މި މައްސަލަ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެވޭނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.