އިބްރާހީމް ޖައުހަރީ
ހަބަރު
30 Sep 2024 | 20:02
މަރުވެފައި އޮއްވާ ފެނުނީ،އިސްލާހީ މަސައްކަތްތަކުން ފެނިގެންދިޔަ ޖައުހަރީ

އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އެމްޑީޕީގެ އިސްލާހީ މަސައްކަތްތަކުގައި ފޮޓޯގްރާފަރެއްގެގޮތުގައި ފެނިގެންދިޔަ އިބްރާހީމް ޖައުހަރީކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވޮއިސްއަށް އެނގިފައިވާ ގޮތުގައި ޖައުހަރީ، ނުވަތަ އާއްމު ނަމުންނަމަ ޖޯރޭއަކީ އާއްމު ގޮތެއްގައި އުސްފަސްގަނޑާ ދިމާލު އަދި ބްރިޖް ކައިރީ އެއްގަމަށް މަސްބާނަންދާ މީހެކެވެ. އޭނާ އެ ސަރަހައްދަށް މަސްބާނަންގޮސް ހުއްޓައި މީގެ ކުރިން އެތައް ފަހަރަކު ވޮއިސްގެ ނޫސްވެރިންނާ ބައްދަލުވެފައިވެސް އެބަހުއްޓެވެ.

ޖޯރޭއަކީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުވިއިރު، އެމްޑީޕީގެ ހަރަކާތްތަކުގައި އާއްމުކޮށް ފެންނަ ވަރަށްގިނަ މީހުން ދަންނަ މީހެކެވެ. އޭރު ފޮޓޯ ގްރާފަރެއްގެ ގޮތުގައިވެސް އޭނާ ފެނިގެންދިޔައެވެ. އެމްޑީޕީގެ ބައެއް ހަރަކާތްތަކުގައި އުޅެނިކޮށް ޖޯރޭ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔައެވެ. ފަހުން މީޑިއާގެ ހަރަކާތްތަކާ ފެއަށް ޖެހިލުމަށްފަހު، އޭނާ ކުރަމުން އައި މަސައްކަތަކީ އިލެކްޓްރޯނިކް މަސައްކަތެވެ. މިގޮތުން ދޮންނަ މެޝިނާއި، ފެންމޯޓަރު މަރާމާތުކުރުމުގެ މަސައްކަތަކީ އޭނާ ފަހުން ކުރަމުންއައި މަސައްކަތެވެ

ފުލުހުން ބުނެފައިވަނީ، މަރުވެފައިވާ މީހަކު އޮޔާދާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ، ހަވީރު 17:06 ހާއިރުކަމަށެވެ. އޭނާ ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.