ދުނިޔެ ވަށައިން މި އެސްޓަރޮއިޑް ދަތުރުކުރި ނަމަވެސް ހަމަލޮލަކަށް ނުފެންނާނެ-- ފޮޓޯ: އިންޑިއާ ޓުޑޭ
ދުނިޔެ
01 Oct 2024 | 12:00
ދެ މަސްދުވަސް ވަންދެން ދުނިޔެއަށް ވަގުތީ "ހަނދެއް"

ދުނިޔެ ވަށާ ދެވަނަ ހަނދެއް ނުވަތަ "މިނީ މޫން" އެއް ދަތުރުކުރަމުންދާކަމަށް ނާސާގެ ސައިންސުވެރިން ބުނެފިއެވެ.

"މިނީ މޫން" ތަކަކީ ދުނިޔޭގެ ގްރެވިޓީގެ ސަބަބުން ދުނިޔޭގެ ވަށައިގެން ދައުރުވާ ގޮތަށް ދަތުރުކުރާ އެސްޓަރޮއިޑްތަކެވެ. އަދި އެ ތަކެތި އޯބިޓުން ނެއްޓެންދެން އެގޮތަށް ދައުރުވަމުން ދާނެއެވެ. މި އެސްޓަރޮއިޑްތައް ދުނިޔޭގެ ވަށައިގެން ދައުރުވާ މުއްދަތު ބިނާވެފައި އޮންނަނީ އެ ތަކެތި ދުނިޔެއާ ކައިރިވާ ސްޕީޑާއި މަގުގެ މައްޗަށެވެ.

މިގޮތުން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ނޮވެމްބަރު މަހުގެ ފަހުކޮޅާ ހަމައަށް، 2024 ޕީޓީ5 ނަމަކަށް ކިޔާ މި އެސްޓަރޮއިޑް ދުނިޔޭގެ ވަށައިގެން ދައުރުވާނެއެވެ. ބޮޑުމިނުގައި 10 މީޓަރު (33 ފޫޓު) ހުރި ނަމަވެސް، ހަމަލޮލަކަށް ނުފެންނާނެއެވެ. 

މި  އެސްޓަރޮއިޑް ފުރަތަމަ ފާހަގަކުރެވުނީ އޯގަސްޓް 7 ވަނަ ދުވަހު، ހަވާއީގެ މައުއީ ގައި ހުންނަ ހަލެއަކަލާ އޮބްޒަވޭޓަރީގައި ހުރި އެސްޓަރޮއިޑް ޓެރެސްޓްރިއަލް-އިމްޕެކްޓް ލާސްޓް އެލަރޓް ސިސްޓަމް (އެޓްލަސް) ބޭނުންކޮށްގެންނެވެ.

ތަރިތައް ދިރާސާ ކުރާ ފަރާތްތަކުން ފުރަތަމަ ނިންމީ އެއީ ޖައްވުގެ ކުނި ކޮޅެއް ކަމަށެވެ. ނަމަވެސް ފަހުން ބެލި ބެލުންތަކުން އެއީ އިރުގެ ވަށައިގެން ދައުރުވާ އެސްޓަރޮއިޑެއްކަން ވަނީ ކަށަވަރުކުރެވިފައެވެ.

ސައިންސުވެރިން ހާމަކުރިގޮތުގައި، މި އެސްޓަރޮއިޑް ދުނިޔޭގެ ވަށައިގެން ދައުރުވާނީ ސެޕްޓެމްބަރު 29 އިން ނޮވެމްބަރު 25 އާ ހަމައަށެވެ. އޭގެ ފަހުން ދުނިޔޭގެ ގްރެވިޓީގެ ބާރުން ނެއްޓި، އޭތި ޖައްވަށް ދޫވެގެންދާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.