ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އަދި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
01 Oct 2024 | 14:15
ފަލަސްތީނަށް ކޮންމެ މަހަކުވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީން ނިންމައިފި

ފަލަސްތީނަށް ކޮންމެ މަހަކުވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީ އަރަބިއާއިން ނިންމައިފިއެވެ.

ސައުދީ އަރަބިއާއިން ބުނީ،  ޣައްޒާ އާއި އެސަރައްދާއި ކަރީގައިވާ ހިސާބުތަކުގައި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް މަހުން މަހަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާކަމަށެވެ.

އެހެންނަމަވެސް، ފޯރުކޮށްދެނީ ކިހާވަރެއްގެ މާލީ އެހީތެރިކަމެއްކަން އެގައުމުން ސާފުކޮށްދީފައެއް ނުވެއެވެ.

މީގެ އިތުރުންވެސް ސައުދީން ބުނީ، ގަތުލުއާއްމު ހުއްޓުވުމަށާއި، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކޮށް، އެމީހުންނަށް ބޭނުންވާ  އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ މެންބަރުންނާއެކު ސަލްމާން ރަސްގެފާނާއި ބޮޑުވަޒީރު އަދި ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ހަމައެއާއިއެކު، ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ހޯދުމާއި ގުޅޭ މައްސަލަ އަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަށާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އުދުވާން ހުއްޓުވައި، ޣައްޒާގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންދާކަމަށް ވެސް ސައުދީން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހައްޖު ކޯޕަރޭޝަނާއި ސައުދީގެ އަލްރާޖިހީ ކުންފުނި ގުޅިގެން މަސައްކަތް ކުރުމާއި ބެހޭގޮތުން މަޝްވަރާކޮށްފި
ހައްޖު ކޯޕަރޭޝަނުން ބުނީ މި ބައްދަލުވުމުގައި ވަނީ ދެފަރާތުން ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ.
10 Sep 2026
މިރެއިން ފެށިގެން ބަދަލެއް؛ ބީއެމްއެލުން ކްރޮސް ބޯޑާ ފީ ނެގުން ހުއްޓާލަނީ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ބޭއްވި "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް"ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ވޮރިއާޒް ޓީމުން ހޯދައިފިއެވެ.
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.