ހުޅުމާލޭގައި ޕާކިން ބިލްޑިންތައް އަޅަން އެޗްޑީސީއާއެކު ސޮއިކުރުން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
03 Oct 2024 | 13:46
ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އެޅުމަށް އެޗްޑީސީން ޓްރާންސްޕޯޓާއެކު އެމްއޯޔޫގައި ސޮއިކޮށްފި

ހުޅުމާލޭގައި 15 ޕާކިން ބިލްޑިންގ އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއިއެކު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ސޮއިކޮށްފިއެވެ.

އެކަމަށްޓަކައި އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މަގުތައް ބޮއްސުންލައިގެން ގޮސްފައިވާކަމަށެވެ. މިހާތަނަށް ކުރި މަސައްކަތްތަކުން ހަރުދަނާ ބަދަލުތަކާއެކު އެދެވޭ ހައްލުތަކެއް މިކަމަށް އައިސްފައިވާއިރު، ޕާކިން ބިލްޑިންތަކާ އެކު ބޮޑު ހައްލެއް އަންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕާކިން ބިލްޑިންތަކަކީ ރަޖިސްޓްރީ ކުރެވޭ ގޮތަށް ފަރުމާކުރާ ތަންތަން ކަމަށެވެ.

"މި މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލިބޭނެ. މި ޕާކިން ބިލްޑިންތަކަކީ ރަޖިސްޓްރީ ކުރެވޭ ގޮތަށް އަދި އެ ބޭނުންކުރައްވާ ބޭފުޅުން ބޭނުންކޮށް ނިމުނީމަ ގެންގޮސް ވައްދާނެ ގަރާޖެއް ގޮތުގައި ވެސް މި ޒަމާނަށް ފެތޭ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބިލްޑިންތައް އަޅާ ނިމޭއިރު ހުންނާނީ އޮޓޮމޭޝަންއާއެކީ އައިސްފައި. އެހެންވީމަ އެ ބޭނުންކުރާ ފަރާތްތަކަށް ޕާކް ކުރުމުގައި އުނދަގުލެއް ނުވާނެ."

މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ޕާކިން ބިލްޑިން ހެދުމަށް ހަމަޖެހިފައިވަނީ، ވިޔަފާރީގެ އެކިއެކި ބޭނުންވެސް ކުރެވޭ ގޮތަށް ކަމަށެވެ. ޕާކިން ދެ އިމާރާތުގެ މަސައްކަތް ކުރިއަށްދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަންވެސް ފަޒުލް ވިދާޅުވިއެވެ.

ޕާކިން ބިލްޑިންތަކުގައި ޖުމްލަ 3،920 ކާރު ސްލޮޓު އަދި 3،426 ސައިކަލު ޕާކްކުރާނެ ޖާގަ ދޫކުރާއިރު، އޭގެ ތެރެއިން 90 ޕަސެންޓް ދޫކުރަން ނިންމާފައިވަނީ ބީލަމުގެ އުސޫލުންނެވެ. ބާކީ 10 ޕަސެންޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕާކިން ބިލްޑިންތަކުގެ ގްރައުންޑް އަދި އެންމެ މަތީ ފްލޯގައި ހަދާ ކެފޭ ނުވަތަ ރެސްޓޯރެންޓު އަދި ކުޅިވަރު ހޯލުތަކަށް ދާ މީހުންނަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.