Advertisement

ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ބަލަނީ

ވީޑިއޯ އިން ފެންނަ ދެ ލޯންޗް ވާދައަށް ފަޅުތެރެއަށް ވަންނަނީ--

ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވުމާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ލޯންޗެއް ވާދައަށް ދުއްވާފައިދާ ގޮތަކަށް ރަށެއްގެ ނެރުން ބަނދަރަށް ގާތްކުރާ މަންޒަރު ފެނިގެންދެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ،  ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލް މީޑިއާ އިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަ ލޯންޗް ތަކަކީ އއ. އަތޮޅުގެ ރަށަކަށް ދަތުރު ކުރަމުން ދިޔަ ލޯންޗުތަކެއް ކަމަށެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، މި މައްސަލައިގައި މިހާތަނަށް އަދި އެއްވެސް މީހަކާ ސުވާލުކޮށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement