ރައީސް ޑރ.މުޢިއްޒުގެ ދެކަނބަލުންނަށް އިންޑިއާއިން ރަސްމީކޮށް މަރުހަބާ ދެންނެވުން-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
07 Oct 2024 | 13:06
އިންޑިއާގެ ސަލާމަތަށް ނުރައްކާތެރިވާ ފަދަ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ: ރައީސް ޑރ.މުޢިއްޒު

އިންޑިއާގެ ސަލާމަތަށް ނުރައްކާތެރިވާނެ ފަދަ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، މިހާރު އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެގައުމުގެ "ޓައިމްސް އޮފް އިންޑިއާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ އަގުހުރި ބައިވެރިއެއް ކަމަށާއި، އިންޑިއާ އާއިއެކު އޮތް ޒަމާނީ ގުޅުން  ވަރުގަދަކުރައްވާނެ ކަމަށެވެ. 

ސަރުކާރުން އެންމެ އިސްކަމެއް ދެނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވަނީ އެކި ދާއިރާތަކުން އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރަމުންދާއިރު ރާއްޖެއިން ކުރާ ކަމެއްގެ ސަބަބުން މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ގެއްލުމެއް ނުލިބޭނެކަމުގެ ޔަޤީންކަންދެއްވާފައެވެ.

"އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނަން. އެހެން ޤައުމުތަކާއެކު އަޅުގަނޑުމެން ދަމަހައްޓައި ގުޅުންތަކުން، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫނާރާނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް." 

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ރައިސް ޑރ.މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ޕޮލިސީ އަކީ  "މޯލްޑިވްސް ފަސްޓް" ކަމަށާއި، އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނެކަމަށާއި އެހެން ޤައުމުތަކާއެކު ދަމަހައްޓައި ގުޅުންތަކުން، އިންޑިއާގެ ސަލާމަތީ މަސްލަހަތަށް ބުރޫނާރާނެކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ޑރ.މުޢިއްޒު ވަނީ މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.