ނާއިފް
ރިޕޯޓް
12 Oct 2024 | 10:27
ނާއިފް ކިޔައިދިނީ އޭނާގެ މެރަތަން ހަޔާތާއި، ބައްޕަ އާ ލާމެހިފައިއޮތް ގުޅުން

މެރަތަންގައި ދުވާ ރާއްޖޭގެ ދުވުންތެރިންގެ ތެރެއިން، އިބްރާހިމް ނާއިފަކީ އެންމެ ފާހަގަކޮށްލެވޭ އެއް އެތްލީޓެވެ. ނާއިފްގެ އަހުލާގާއި، އެކަމަށް ދޭ ސަމާލުކަމަކީ ކޯޗުންނާއި އެހެން އެތްލީޓުންވެސް ނާއިފްގެ ފަރާތުން ފާހަގަކުރާ ނަމޫނާއެކެވެ.

ނާއިފްގެ މެރަތަންގެ ހަޔާތު ނަމާއާ ގުޅޭގޮތުން ފޭސްބުކްގައި އިއްޔެ ދޫކޮށްލި، ލިއުމާއެކު އެނގިގެން ދިޔައީ މެރަތަންގެ ހަޔާތުގައި އޭނާގެ ބައްޕައާ ގުޅި ލާމެހިފައިވާ ހަނދާންތަކެވެ. މެރަތަންގެ ކާމިޔާބީތަކުގައި ބައްޕަގެ ނަން އަންނަނީ އަބަދުވެސް އެންމެ ކުރިއަށްކަމެވެ.

މެރަތަންގައި ދުވުމަށް ބެންގަލޫރަށް ގޮސް ހުއްޓައި، ނާއިފްގެ ބައްޕަވަނީ ނިޔާވެފައެވެ. އޭރު ރޭސް ފަށަން އޮތީ ދެ ދުވަހަށްވުރެ ވެސް ކުޑަ ވަގުތުކޮޅެކެވެ.

ބެންގަލޫގައި މިދިޔަ އާދިއްތަދުވަހު އޮތް އޭޖް ކެޓަގަރީ ދުވުމަށް ނިކުމެ ބިންމަތީ އަޅާލި ފުރަތަމަ ފިޔަވަޅާއެކު ނާއިފްގެ ހަނދާންތައް ގޮސް ހުއްޓުނީ އޭނާ ކުޑައިރު ބައްޕަގެ ހަނދާންތަކާއެވެ.  

ނާއިފް ކުޑައިރު އޭނާގެ އަތުގައި ހިފައިގެން ބައްޕަ ތަންތަނަށްދާ ހަނދާންތައް އައުކުރަމުން ނާއިފް ފޭސްބުކްގައި ކުރި ޕޯސްޓްގައި ވަނީ ބައްޕަގެ ހަނދާންތަކުން ބައެއް ވާހަކަތައް ހިއްސާކޮށްފައެވެ.

" އަހަރެން އެންމެ ކުޑައިރު އިސްކޫލަށްދާ ފަސްކުދީން ބައްޕަގެ ތިބެއެވެ. އޭރު އަލީއާއި ޔޫސުފް އަދި ކުޑައެވެ. ނަވީނެއް ނެތެވެ. ގަލަމެއް، ފޮތެއް އެއްޗެއް އިސްކޫލަށް ގެންދަން ބޭނުންވެފައި އޮތް ނަމަ ވަޑިންވަލުގޭ ފިހާރައިގައި ލޭންދޭނުގައި ޖަހައިފައި ނަމަވެސް ގެންނާނެއެވެ. ހެނދުނު ހޭލާއިރު ބޭރުގޭ މޭޒުމަތީގައި އެ އެއްޗެއް އޮންނާނެއެވެ. ނިކަން އުފާވެއެވެ. ތަކެތި ނަގަމުން ކައިރީގައި ހުރި ގޮނޑިއަށް އަރައި މައްޗަށް އޮތް ބައްތި ފުމެ ނިއްވައިލަމެވެ" ކުޑައިރުގެ ހަނދާންތައް އައުކުރަމުން ނާއިފް ކިޔައިދިނެވެ.

ދެން އޮތީ ނާއިފްގެ ދުވުމުގެ ހަޔާތާ ގުޅުންހުރި ކުޑައިރުގެ އެންމެ މުހިއްމު ހަނދާނެވެ.

"އުމުރުން ދިހަބާރަ އަހަރުގެ އަހަރެން އެއް ރެޔަކު ލަހުން ގެއަށް ދެވުނު ރެއެކެވެ. ބައްޕަ ހިތްހަމަ ނުޖެހި އެއްޗެކޭ ބުނުމުން ވަގުތުން ނިކުމެގެން ހިނގައްޖައިމެވެ. ގެއަށް ނުވަދެ ލަސްވުމުން ބައްޕައާއި ދޮންތަ ނިކުމެ ގެއަށް ވަންނާށޭ ކިޔައި އެބަ އާދޭސްކުރެއެވެ. ހިލާ އަޑެއް ނޭހީމެވެ. ދޮންތަ އަހަރެން ގެއަށް ވައްދަން އަންނަން ފެށުމުން އަހަރެން ދުއްވައިގަތީމެވެ. ރަށްވެހިގެ ވަށައިގެން ދުވުނުއިރު ވެސް ދޮންތައަކަށް އަހަރެން އަތެއްނުލެވުނެވެ"

އެރޭގެ ހަނދާންތައް އައުކުރަމުން ނާއިފްގެ ޕޯސްޓްގައި ލިޔެފައި ވެއެވެ.

"އެއަށްވުރެ މާކުރީން އަހަރެން މިހާރު ރޭސް ނިންމަން ބެންގަލޯރު ދަނޑަށް އެނބުރި މި ވަންނަނީއެވެ. ބައްޕާ ހީކުރަނީ އަހަރެން މިހެން ދިގުރާސްތާއަށް ދުވެ ،ބޭރު ގައުމުތަކުގެ ރޭސްތަކަށް އައިސް މި ދުވަނީ އަހަރެން ވަރަށް މޮޅުވެގެން ކަމަށެވެ. އެކަމާ ވަރަށް ފޮނިވެ، ރަށުގައި އުޅޭއިރު ދުވެ ނިންމައި ގެއަށް ވަންނަ ތަނާ އަހައިލާނެއެވެ. ތިޔަ އައީ ކިހައި ހިސާބަކަށް ގޮސްފައި ހެއްޔެވެ.

ބެންގަލޫރުގައި އޮތް ރޭސް އެންމެފަހުން ނާއިފް ނިންމާލީ ރަސްމީކޮށް މެރަތަންގައި ދުވަން ނިކުމެ އުޅޭތާ ތިން އަހަރަށްފަހު ލިބުނު އެންމެ މުހިއްމު ކާމިޔާބީއާއެކުގައެވެ. ނާއިފްގެ ބައްޕަގެ ހަނދާންތައް އައުކުރަމުން ލިޔުނެވެ.

" މި އައީ މި ރަށަށް ވުރެ 3000 ފޫޓް އުހުގައި އޮތް ބެންގަލޯރުގެ އުހާއި ތިރި އަދި އެނބުރުން ގިނަ މަގުތަކުގައި 1ގަޑިއިރާއި 33 މިނެޓުން 21.09 ކިލޯ މީޓަރު ދުވެފައެވެ. ފަސްހާހަށް ވުރެ ގިނަ މީހުން ދުވި ހާފް މެރެތަންގެ މި އުމުރުގެ ގަދަ10ގައި އަޅުގަނޑުގެ ނަން އޮތެވެ.

ނާއިފްގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މެރަތަންގެ ކާމިޔާބީގެ ވާހަކަ ބައްޕަ ކައިރީ ދައްކާލާނެ ފުރުސަތު އޭނާގެ ލޯބިވާ ބައްޕަ ގާތު ބުނާނޭ ފުރުސަތު ނުލިބުމެވެ. އެހެނެއްކަމަކު އެ ބައްޕަގެ ކަންފަތްބުޑުގައި އެއް ފަހަރު ބުނެލެވޭނޭ ނަމައޭ އޭނާގެ ހިތައް އަރަމުންދިޔައެވެ އެ އުފާވެރިކަމާއެކު، އެންމެ ހިތްދަތިވި ކަމަކީ އެ އުފާވެރިކަމާއެކު ބައްޕަގެ މޫނު ދެކިލުމުގެ ފުރުޞަތު އެންމެ ފަހު ފަހަރަށް ނަމަވެސް ނުލިބުނީތީއެވެ.

ނާއިފްގެ ޕޯސްޓް ނިންމާލަމުން ލިޔުނެވެ.

"ބައްޕާއެވެ. އަހަރެން ދުވަމުން ދަނިކޮށް ބައްޕާ ތިޔަ ވަނީ ބައްޕާގެ ބުރަ ބޮޑު ފިޔަވަޅުތަކާއި ޤުރުބާނީގެ ކިލޯމީޓަރުތައް ގިނަ ދިރިއުޅުމުގެ ރޭސް ނިންމައިފައެވެ. އަހަރެންގެ އަބަދުގެ ދުޢާއަކީ މަތިވެރި ފުއްސެވުމާއި ދިންނެވުމުގައި ބައްޕާއަށް ރަން މެޑަލް ލިބި ، ބައްޕާ އަރާމްކުރާން އޮތް ތަނަކީ ޖަންނަތުކަމުގައި މިންވަރުކޮށްދެއްވުމެވެ.އަދި އަހަރެން ކުޑައިރު ބައްޕައާ އެކީގައި ހޭދަކުރި ފަދަ އުފާވެރި ދުވަސްތަކެއް އެ ތަނުގައި ބައްޕައާ އެކީގައި ހޭދަކުރުމުގެ ނިއުމަތް މިންވަރުކޮށްދެއްވުމެވެ."

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Aug 2026
އުތީމު ޚާއްސަވަނީ ކީއްވެ؟
ރަށްތަކުގެ ތެރެއިން ވަކިރަށެއް ޚާއްސަވަނީ ނުވަތަ ޙާއްސަކުރަނީ އެ ރަށަކާ ގުޅިފައިވާ ސިފައެއް ނުވަތަ ސިފަތަކެއްގެ ސަބަބުންނެވެ. މިދެންނެވި ގުދުރަތީ ގޮތުން އެރަށަށް ލިބިފައިވާ ސިފަތަކެއްގެ ވާހަކައެވެ. މިސާލަކަށް ބަނދަރު ފަސޭހަ ރަށަކަށް ވުމުން ދަތުވެރިން އެރަށަކީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރާ ރަށަކަށް ވެދާނެއެވެ.
10 Aug 2026
ނަތަންޔާހޫގެ އަނބިމީހާ، ބަޔަކަށް އަނިޔާކުރި މައްސަލަތަކެއް ކޯޓަށް
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ރަސްމީ ގޭގައި މަސައްކަތްކުރި ކުރީގެ މުވައްޒަފުންތަކަކަށް، އޭނާގެ އަނބިމީހާ ސާރާ ނަތަންޔާހޫ އަނިޔާކޮށް ފުރައްސާރަކުރި މައްސަލަތަކެއް ފެންމަތިކޮށްފިއެވެ. މި މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ހުށަހަޅާފައެވެ.
10 Aug 2026
ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ލ އަތޮޅަށެވެ.
10 Aug 2026
އަހަރެމެންނަށް އަވި ބޭނުންވަނީ ކިހާމިންވަރަކަށް؟
ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާގޮތުގައި "މެދުމިނުގެ" މިންވަރަކަށް އަވީގައި އުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށާއި، ވިޓަމިން-ޑީ ލެވެލް މަތިކުރުމަށާއި، ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެންކަމުން ރާއްޖެ ފަދަ އަވިގަދަ ގައުމެއްގައި، އަވީގެ ނުރައްކަލުން ސަލާމަތްވެ ހުރެ، އޭގެ ފައިދާ އެންމެ ފުރިހަމައަށް ހޯދޭނީ ކިހިނެއްތޯ ބަލާލުމަކީ މުހިންމު ކަމެކެވެ.
10 Aug 2026
އެމެރިކާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލެއް ނުކުރި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޣައްޒާއަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން ގަބޫލުނުކުރާނެކަން އިިއުލާންކޮށްފިއެވެ.
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ