ބާބާ ސިއްދީގީ-- ފޮޓޯ: ދަ ހިންދޫ
ދުނިޔެ
13 Oct 2024 | 10:28
މަހާރާޝްތުރާގެ ކުރީގެ މިނިސްޓަރު ބާބާ ސިއްދީގު ގަޔަށް ބަޑިޖަހައި، އަވަހާރަކޮށްލައިފި

އިންޑިއާގެ މަހާރާޝްތުރާގެ ކުރީގެ މިނިސްޓަރު އަދި އެންސީޕީގެ އަޖިތު ޕަވާރު ފެކްޝަންގެ މެމްބަރު ބާބާ ސިއްދީގުގެ ގަޔަށް މުމްބާއީގެ ބަންދްރާގައި ބަޑިޖަހައި އަވަހާރަކޮށްލައިފިއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 9.30 ހާއިރު ސިއްދީގަށްްްްް އަމާޒުކޮށް، ޖުމްލަ ހަ ވަޒަން ފޮނުވާލާފައިވަނީ، ވަނީ ބަންޑާރަ އިރުމަތީ ދާއިރާގެ މެމްބަރު، ސިއްދީގުގެ ދަރިކަލުން ޒީޝާންގެ އޮފީސް ކައިރީގައެވެ. މި މައްސަލަ އާއި ގުޅިގެން އިންޑިއާގެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފަ އެވެ.

މި ހަމަލާއާއިއެކު، ބާބާ ސިއްދީގު ލީލަވަޓީ ހޮސްޕިޓަލަށް ގެންދިޔައިރު، އުމުރުން 66 އަހަރުގެ އެންސީޕީގެ ލީޑަރުގެ ގަޔަށް ހަތަރު ވަޒަނެއް އެރިއިރު އޭނާގެ އެހީތެރިންގެ ތެރެއިން އެކަކު ވަނީ މި ހަމަލާގައި ޒަހަމްވެފައެވެ. 

މަހާރާޝްތުރާގެ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ ވިދާޅުވީ އެ ހޮސްޕިޓަލުގެ ފުލުހުންނާއި ޑޮކްޓަރުންނާ ވާހަކަ ދައްކާފައިވާ ކަމަށާއި، ބާބާ އަވަހާރަވެފައިވާކަން އެމީހުން ކަށަވަރުކޮށްދީފައިވާކަމަށެވެ.

ބަންދްރާ ވެސްޓްގެ މެމްބަރުކަން ތިން ފަހަރެއްގެ މަތިން ކުރެއްވި ބާބާ ސިއްދީގު 48 އަހަރު ވަންދެން ކޮންގްރެސްއާއިއެކު ހުންނެވުމަށްފަހު، އޭނާ ވަނީ ފެބްރުއަރީ މަހު ޕާޓީން ވަކިވެ އަޖިތު ޕަވާރުގެ އެންސީޕީއާ ގުޅިވަޑައިގެންފަ އެވެ.

ސިއްދީގީ ވަނީ 1999، 2004 އަދި 2009 ވަނަ އަހަރު ބަންދްރާ ވެސްޓްގެ މެމްބަރު ކަމަށް އިންތިޚާބުވެވަޑައިގެން، 2004 އާއި 2008 އާ ދެމެދު ކާބޯތަކެއްޗާއި ސިވިލް ސަޕްލައިސް، ލޭބަރ އަދި އެފްޑީއޭގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުވެސް އަދާކުރައްވާފައެވެ.

މީގެ އިތުރުންވެސް ސިއްދީގީ އަކީ ބޮލީވުޑް ގެ ތަރިންނާއި ގާތްގުޅުމެއް އޮންނަ، ކުލަގަދަ ޕާޓީތައް ބޭއްވުމަށް މަޝްހޫރު ފަރާތެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.