ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
14 Oct 2024 | 12:44
އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފި

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގައި ރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ އައިއޭއީއޭގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުންނެވެ.  

ރައީސް ޑރ.މުޢިއްޒު، މި މައްސަލައިގައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް ނިންމަވާފައިވަނީ މިދިޔަ މަހުގެ 2 ވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ހޯދުމަށް އައިއޭއީއޭ އާއި ގުޅުމުގެ މަސައްކަތް ރާއްޖެއިން ފެށުމަށް ނިންމާފައިވާކަމަށް އޭރު ޚާރިޖީ ވަޒީރުގެ މަގާމުގައި ހުންނެވި، އަދި މިހާރުގެ މާލީ ވަޒީރު، މޫސާ ޒަމީރު ވަނީ ހާމަކުރައްވާފައެވެ.

މިގޮތުން ވަޒީރު ޒަމީރު ވިދާޅުވީ، އިދާރާއާ ގުޅެނީ އެކަމުގެ ސަބަބުން ރާއްޖެއަށް ފައިދާތަކެއް ލިބެން އޮތުމުންކަމަށާއި، މިފަދައިން އަމަލުކުރުމުން ނިއުކްލިއަރ މެޑިސިންގެ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"ރައީސްގެ އެޖެންޑާގައި އެބައޮތް ކެންސަރ ހޮސްޕިޓަލް ވަރަށް އަވަހަށް ޚިދުމަތްދިނުން. އެކަމަށް ޒަމާނީ ބޭސްފަރުވާގައި ބޭނުންވޭ އެޓޮމިކް އެޖެންސީގެ އެހީތެރިކަން. މިކަމަށް ބޭނުންާ ބައެއް ވަސީލަތް ހޯދުމާއި ވެސްޓްމެނޭޖުމަންޓް. މިއީ އައިއޭއީއޭގެ މެންޑޭޓްގައި ހިމެނޭކަމެއް." 

ވަޒީރު ޒަމީރު ވިދާޅުވިއެވެ.

އައިއޭއީއޭއާ ގުޅުމަށް ރާއްޖެއިން ކުރާ މަސައްކަތުގައި އުސްކޮށް ހަރަކާތްތެރިވާނީ ދިފާޢީ ވުޒާރާއިންކަމަށާއި، މިއީ  ދިގު މުއްދަތެއްގެ ތެރެއިން ކުރެވޭނެ މަސައްކަތެއްކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Jun 2026
ބޭކާރު ޚަރަދޭ ވިދާޅުވުމުން ތަރުޖަމާނުގެ ރައްދެއް ރައީސް ނަޝީދަށް
ތަރުޖަމާނު ވިދާޅުވީ ދެމެހެއްޓެނިވި ވިސްނުމެއްނެތި ވަގުތީގޮތުން ބޭނުންކޮށްލެވޭގޮތަށް ބިނާ ކުރި އެ ސެންޓަރަކީ ރައީސް ނަޝީދުގެ ސަރުކާރުން ކުރި ބޭކާރު ހަރަދެއްކަމަށެވެ
27 Jun 2026
ބެލްޖިއަމާއި މިސްރު ގަދަ 32 ޓީމް ތެރެއަށް، އީރާން އިންތިޒާރުގައި
އީރާނުގެ އުންމީދުތައް މިހާރު ބިނާވެފައިވަނީ ގްރޫޕް ޖޭ، ކޭ އަދި އެލްގެ ނަތީޖާތަކަށެވެ
27 Jun 2026
އޮސްޓްރޭލިއާގެ ތަރައްޤީގެ ތަސައްވަރުގައިވާގޮތަށް އިންޑިއާއާއެކު އޮންނަ ގުޅުން ބަދަހިކުރަނީ
އަލްބަނީޒް ވިދާޅުވީ، ޗައިނާއާ އެކު އޮންނަ ގުޅުން ހަމަހަމަކުރުމާއި، ދެކުނު އިރުމަތީ އޭޝިއާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން އިންޑިއާއާ އެކު އޮންނަ ގުޅުން އާ އުސްމިންތަކަށް އުފުލުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ
27 Jun 2026
ކުދިން އިމްތިޙާނަށް ތައްޔާރުވުމުގައި ބެލެނިވެރިންގެ ދައުރު
ބައެއް ކުދިންނަކީ ނުތަނަވަސްވާ ކުދިންނެވެ. އަނެއްބައި ކުދިން ވަރުބަލިކަން އިހުސާސްކުރާއިރު، އިމްތިހާނަށް ތައްޔާރުވާނެ ރަނގަޅު ގޮތް ނޭނގޭ ކުދިންވެސް އުޅެއެވެ. މިފަދަ ދަނޑިވަޅެއްގައި ބެލެނިވެރިންގެ ދައުރަކީ ނުހަނު މުހިންމު ދައުރެކެވެ
27 Jun 2026
މަސްތުގެ ހާލަތުގައި ތިބިކަމަށް ބެލެވޭ އަންހެނަކާއި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެ ދެ މީހުން ކައިރީ ޓްރެފިކް ޕޮލިސް އޮފިސަރަކު ހުރިނަމަވެސް އެމީހުންގެ އަމަލުތައް ހުރީ އާއްމު އިޖުތިމާއީ މިންގަނޑުން ބޭރުވާ ފަދަ ގޮތަކަށެވެ
27 Jun 2026
އެންމެން ހައިރާންކޮށްލުމަށްފަހު، ކޭޕް ވާޑް، ވަރލްޑްކަޕްގެ ނޮކްއަުޓްބުރަށް
ކޭޕް ވާޑްގެ މި ކާމިޔާބީއާ ގުޅިގެން ފުޓްބޯޅަ ލެޖެންޑް އަދި ސްކައި ސްޕޯޓްސްގެ އެނަލިސްޓް ގެރީ ނެވިލް ބުނީ، ކޭޕް ވާޑުން ސާބިތުކޮށްދިނީ ފުޓްބޯޅައަކީ ލަފާކުރަން ދަތި ކުޅިވަރެއްކަމަށެވެ
27 Jun 2026
ޑެމްބެލޭގެ ހެޓްރިކާއެކު ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް އަނެއްބުރަށް
މިމެޗްގައި ޑެމްބެލޭ ވަނީ ވަރލްޑްކަޕްގައި މިހާތަނަށް އެންމެ އަވަހަށް ހެދި ހެޓްރިކްގެ ރެކޯޑް ގާއިމްކޮށްފައެވެ
27 Jun 2026
ހަންޏާމީދޫގައި ހިތާމަވެރި ހާދިސާއެއް؛ ބަގީއަކާއެކު މޫދަށް ވެއްޓުނު ކުއްޖަކު ނިޔާވެއްޖެ
މި ހާދިސާގައި ނިޔާވީ އުމުރުން 13 އަަހަރުގެ ކުއްޖެކެވެ. އެއީ އެރަށު ޑެއިޒީވިލާ ޢަލީ އަނަސް ބިން މުޙައްމަދު އަރީޝް އެވެ.