ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު: ފޮޓޯ/ މަޖިލިސް
ހަބަރު
16 Oct 2024 | 10:33
އަންނަ އަހަރު ނިމޭއިރު، ރާއްޖެ އައު އުސްމިންތަކަށްދާނެ: މައުރޫފް

މި ސަރުކާރުން، ދިވެހި ރާއްޖެ އައު އުސްމިން ތަކަކަށް ގެންދާނެ ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު، ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާޙް ތަކަށް ބަހުސް ކުރައްވަމުން މަޢުރޫފް ވިދާޅުވީ، ޓީޖީއެސްޓީއާއި، ފަތުރުވެރިކަމާއި ގުޅޭ އެހެން ޓެކްސް ބޮޑު ކުރުމާއި، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އަޅަންވާނީ ސްޓޭކްހޯޑަރުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި މީގެ ކުރިންވެސް އޭނާ އެކަން ފާހަގަކުރެއްވި ކަމަށާ، ޓެކްސް ބޮޑުކުރާ ބިލުތަކާމެދު ހިތްހަމަ ނުޖެހުނީ ސްޓޭކްހޯޑަރުންވެސް އޭރު ނުރުހުން ފާޅުކުރުމުންކަމަށެވެ.

އެހެން ނަމަވެސް އަޅުގަނޑަށް މިއަދު ޔަގީންވޭ، ޕީއެންސީ މެންބަރުން، ބަދަލެއް މިގެންނަނީ އިންޑަސްޓްރީއާއި މަޝްވަރާ ކުރުމަށްފަހު، އިންޑަސްޓްރީގެ ރުހުމާއެކީގައި ކަން. ޓޫރިޒަމް އިންޑަސްޓްރީގެ ރުހުމާއެކީގައި ގެންނަ މިފަދަ ދެން އަޅުގަނޑު ދައްކާނެ ވާހަކައެއް ނެތް. އިންޑަސްޓްރީ ތިބީ ރުހި ގަބޫލު ވެފައި. މިގެންނަ ކޮންމެ ބަދަލަކީ އިންޑަސްޓްރީއާއި މަޝްވަރާކުރެވި، ހެޔޮ ބަދަލުތައް ކަމުގައިވާނަމަ، އަޅުގަނޑުމެން މިތަނުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މި ބިލް ތަކަށް ފާޑުކިޔައި ވާހަކަ ދައްކާނެ ކަމެއް ނެތް. 

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު

”ސަރުކާރުން މި ގެންނަ ބަދަލުތަކަށް، އިންތިހާއަށް ޓޫރިޒަމް އިންޑަސްޓްރީގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުން އެބަ މަރުހަބާ ކިޔާ. މި ބަދަލުތަކާއެކު އިރާދަލުރެއްވިއްޔާ ދިވެހިރާއްޖެ އައު އުސްމިންތަކަކަށް ގޮސް، ދިވެހިން ބޭނުންވާ ތަރައްގީ، އަންނަ އަހަރު ނިމެންވާއިރަށް ލިބޭނެ ކަމަށް އަޅުގަނޑު ޝައްކެއް ނުކުރަން“ މައުރޫފް ވިދާޅުވިއެވެ. 

މިއާއެކު މަޢުރޫފް ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތު ކުރެވި، ބަންކަރިންގ ގެ ޚިދުމަތް ފަށައި، ޑޮލަރުގެ މައްސަލަ ހައްލުކޮށް، ”މި އަހަރު އެއްކޮށް މި ދުއްވާލަނީ ގާނޫނުތައް ބަދަލުކޮށްގެން ދައުލަތުގެ އާއްދަނީ އިންތިހާއަށް އިތުރު ކުރަން“ ކަމަށެވެ. 

އެހެން ކަމުން، ”ރައްޔިތުން ތިބީ އުފަލުން ހެވިދިލިފައި“ ކަމަށާ، ރަށްރަށުން ވެރިކަންކުރާ ޕީއެންސީއަށް ވަންނަ މެންބަރުން އިންތިހާއަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ވުމާއެކު ސަރުކާރުން ހުށަހަޅަމުންދާ ބިލުތަކާމެދު އޭނާގެ އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ. 

”ކުރިއަށް ވަޑައިގަންނަވަންވީ، ބޮޑު ސުޕަމެޖޯރިޓީގައި މި ބަދަލުތައް ގެނެސް މި އަންނަ އަހަރު ދިވެހިރާއްޖޭގެ ރައްޔިތުން މެދުއުޑުގައި ފިޔަޖަހާ ހިސާބަށް އަޅުގަނޑުމެން ގެންދަންވީ. އަޅުގަނޑަކަށް މިއަދަކު މިހާރަކު ޝައްކެއްނެތް މި ބަދަލުތަކާ ދޭތެރޭގައި.“

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މަޢުރޫފް ޒާކިރު

މައުރޫފް ވީދަޅުވީ، ސަރުކާރުގެ ބިލު ތަކަށް ތާއީދު ކުރެވޭތޯ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށާ، އަދި އޭނާއަށް ވީ މިންވަރަކުން އެ ބިލުތައް ޕްރޮމޯޓްކޮށް އެ ގެންނަ ހެޔޮ ބަދަލުތަކާމެދު ރައްޔިތުންނަށް ވިސްނައިދެއްވައި ބިލުތަކަށް ވަކާލާތު ކޮށްދެއްވާނެ ކަމަށެވެ. 

ކޮމެންޓް
އާދަމް
ގޮނު ލިބޭ އެކަމު މީގެފަހުން ދެގޮނު ލިބޭނެ
16 Oct 2024
ކަލާ
އެހެންނުވާނީ މައުރޫފުގެ ފެމިލީ މީހުންނަށް ވެސް މުއިއްޒު ފުލެޓު ދެޔޭ. ސަނާ ނުކިޔަންވީ ސަބަބެއް ނެތެއްނު
16 Oct 2024
ޢަލި
ރިލޯޑެއް ޖަހާލީދޯ
16 Oct 2024
ހަސީނާ
ހީވަނީ އޭގެ އެތިކޮޅެއްގެ ދަހިވެތިކަން އިހުސާސްވީހެން!
16 Oct 2024
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.