ޖަބަލިއާގެ ގެތައް ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައި-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
19 Oct 2024 | 09:52
ޖަބަލިއާ ކޭމްޕަށް އިޒްރާއީލުގެ ނިރުބަވެރިން ހަމަލާދީ، 33 މީހުން ޝަހީދުކޮށްލައިފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ނިރުބަވެރި ފައުޖުން ޣައްޒާގެ އެންމެ ބޮޑު އެއް ރެފިއުޖީ ކޭމްޕްކަމަށްވާ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާދީ 33 މީހުން ޝަހީދުކޮށްލައިފިއެވެ.

މި ނިރުބަވެރި ހަމަލާގައި 85 މީހުން ޒަހަމްވެފައިވާއިރު، ޣައްޒާގެ ސިއްހީ މުއައްޒަފުން ބުނީ، އިސްރާއީލުން އެ ސަރަހައްދުގައި ހުރި ގެތަކަށް ހަމަލާދީފައިވާކަމަށާއި، ޓޭންކަރުތައް ބޭނުންކޮށްގެން އެ ސަރަހައްދުގެ މަގުތަކާއި ބައެއް ގެތައް ގޮއްވާލާފައިވާކަމަށެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، މި ހަމަލާގައި ބައެއް މީހުން އަދިވެސް އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާކަމަށް ގަބޫލުކުރެވޭތީ، ޝަހީދުވި މީހުންގެ އަދަދު މިއަށްވުރެ ވެސް އިތުރުވުން އެކަށީގެންވާކަމަށެވެ.

މީގެ އިތުރުންވެސް ޔަހޫދީ ފައުޖުން ވަނީ އިއްޔެ ހިންގި އުދުވާނުގައި 39 މީހުން ޝަހީދުކޮށްލާފައެވެ. މީގެ ތެރެއިން 20 މީހުން ޝަހީދުކޮށްލާފައިވަނީ ޖަބަލިއާގައި ހިންގި އަނިޔާވެރިކަމުގެ ތެރޭގައެވެ.

ޖަބަލިއާގައި ދިރިއުޅެމުންދާ ފަރާތްތަކުން ބުނި ގޮތުގައި، ޔަހޫދީ ފައުޖުގެ ޓޭންކަރުތައް މިހާރު ވަނީ ރެފިއުޖީ ކޭމްޕްގެ މެދަށް ވަދެގެންފައެވެ. އެމީހުން ބުނި ގޮތުގައި ވައިގެ މަގުންނާއި އެއްގަމުންވެސް ޔަހޫދީން ފައުޖުން ދަނީ ކޮންމެ ދުވަހަކުވެސް އެ ސަރަހައްދުގައި ހުރި ގެތައް ސުންނާފަތި ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ އުދުވާނީ ހަމަލާތަކަށް ހުއްޓުމެއް އައިސްފައިނުވާއިރު، މި ގަތުލުއާއްމުގައި މިހާތަނަށް 42,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.