ޔަހްޔާ ސިންވާރު-- ފޮޓޯ: މައި ނިއުސް
ދުނިޔެ
19 Oct 2024 | 10:11
ހަމާސްގެ ލީޑަރު، ޔަހްޔާ ސިންވާރު އެންމެ ފަހު ނޭވާ ދޫކޮށްލެއްވީ ޖިހާދުގެ މައިދާނުގައި!

ފަލަސްތީނުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ހަމާސް ގެ ލީޑަރު، ޔަހްޔާ ސިންވާރު އަވަހާރަކޮށްލާފައިވާކަން ހަމާސް އިން ކަށަވަރުކޮށްދީފިއެވެ.

ހަމާސްއިން ޣައްޒާގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްކަމަށްވާ ޚަލީލް ހައްޔާ ވިދާޅުވީ، އުމުރުފުޅުން 62 އަހަރުގެ ސިންވާރަކީ ޖެހިލުންކުޑަ ހިތްވަރުގަދަ ލީޑަރެއްކަމަށާއި، ފަލަސްތީނަށްޓަކައި، އޭނާގެ ފުރާނަ ގުރުބާން ކޮށްފައިވާކަމަށެވެ.

ފަލަސްތީނުގެ އަލް އަޤްޞާ ޓީވީ މެދުވެރިކޮށް ހައްޔާ ފޮނުއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ސިންވާރު، އެބޭފުޅާގެ އެންމެ ފަހު ވަގުތުވެސް ހުންނެވީ ހިތްވަރުގަދަކަމާއި އެކު ޔަހޫދީ ފައުޖާއި ދެކޮޅަށް ހަމަލާދިނުމުގައި ސާބިތުވެވަޑައިގެންކަމަށެވެ.

ސިންވާރު ޝަހީދުކޮށްލި ނަމަވެސް، ހަމާސް ފަހަތަށް ނުޖެހޭނެކަމަށާއި، ޤުދުސް އަކީ ފަލަސްތީނުގެ ވެރިރަށް ގޮތުގައި ހަމަޖެހެންދެން ހަމާސް އިން އިސްރާއީލާއި ދެކޮޅަށް ޖިހާދު ކުރާނެކަމުގެ ޔަގީންކަން ހައްޔާ ދެއްވިއެވެ.

މީގެ އިތުރުންވެސް، ހައްޔާ ވިދާޅުވީ، ޔަހޫދީން ފައުޖުން ޣައްޒާގައި ހިންގަމުންދާ އުދުވާން ހުއްޓާނުލާހާ ހިނދަކު، ހަމާސްގެ ބެލުމުގެ ދަށުގައިވާ އިޒްރާއީލަށް ނިސްބަތްވާ މީހުން ދޫކޮށްނުލާނެ ކަމަށެވެ.

ޔަހޫދީ ފައުޖުން ވަނީ ސިންވާރު އަވަހާރަކޮށްލުމުގެ ކުރިން ނަގާފައިވާ ޑްރޯން ފޫޓޭޖެއް އާއްމުކޮށްފައެވެ. އެމީހުންގެ ބޭނުމަކަށްވީ، ސިންވާރަށް މުސްލިމުންނާއި ފަލަސްތީނުގެ ރައްޔިތުން ކުރާ ޤަދަރު ކަނޑުވައިލުމެވެ.

އެހެންނަމަވެސް، ސިންވާރު އެންމެ ފަހު ވަގުތުކޮޅުވެސް ދެއްކެވި ހިތްވަރަށް އެތައް ބަޔަކު އަންނަނީ ތައުރީފުކޮށް، އެބޭފުޅާގެ މަތިވެރި ޖިހާދުން ހިތްވަރު ލިބިގަންނަމުންނެވެ.

އެ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި، ވަރަށް ބޮޑަށް ހަލާކުވެފައިވާ އިމާރާތެއްގެ ސޯފާގައި އިންވާރު އިށީދެވަޑައިގެން އިންނެވިއިރު، އެއް އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާކަން އެނގެއެވެ.

ސިންވާރަށް އަމާޒުކޮށް ޔަހޫދީން ހަމާދިނުމުގެ ކުރިން އަތުގައި އޮތް ލަކުޑިބުރިއެއް ޑްރޯންއާއި ދިމާލަށް އެއްލާ މަންޒަރުވެސް ފެނިގެންދެއެވެ.

ސިންވާރު ހަމާސްގެ ލީޑަރަކަށް އައްޔަނުކުރެވުނީ، މީގެ ކުރިން އެމަގާމު ފުރުއްވަމުން ދިޔަ އިސްމާއީލް ހަނިއްޔާ އަށް މިއަހަރުގެ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު އިސްރާއީލުން ހަމަލާދީ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 28.73 ބިލިއަން ރުފިޔާއަށް
ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރު ހިންގުމުގެ ޚަރަދުތަކާއި، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި، ޤައުމީ ތަރައްޤީގެ އެކި މަޝްރޫޢުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަތައްވެސް މި މުއްދަތުގައި އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ
10 Sep 2026
އެމްއެންޔޫއިން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް
އެމް.އެން.ޔޫ އިން ބުނި ގޮތުގައި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ސްކޫލް ނިންމާ ދަރިވަރުންނަށް އެކުދިންގެ މުސްތަޤުބަލާ މެދު ބިނާކުރަނިވި ނިންމުންތައް ނިންމުމަށް މަގުފަހިވެގެންދާނޭކަމަށެ
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.