ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަތީޖާ ފެނިއްޖެ: އުމަރު

08 Apr 2019 | 16:00

އިދިކޮޅު ޕާޓީތަކުން ޕްރައިމަރީ ބޭއްވުމަކާ ނުލައި "ތަބަކަކަށް ލާފައި" ޓިކެޓު ދިނުމުގެ ހިތި ނަތީޖާ ފެނިގެން ގޮސްފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެއް ޕާޓީ އަކުން އެންމެ ގިނަ ގޮނޑި ހޯދި ފަހަރެވެ.

މަޖިލިސް އިންތިޚާބުގައި އިދކޮޅު ޕާޓީތަކަށް ލިބުނު ބޮޑު ނާކާމިޔާބީ އާއި ގުޅިގެން އުމަރު ވިދާޅުވި ގޮތުގައި، އަބަދުވެސް ޕްރައިމަރީ ބޭއްވުމަށް ވަކާލާތު ކުރައްވަނީ ޕްރައިމަރީ އާއި ނުލައި ޓިކެޓް ދީފި ނަމަ ކުރިމަތިވާނެ ގޮންޖެހުންތައް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

"ޑީއާރުޕީގައި އަޅުގަނޑު ހުރިއިރުން ފެށިގެން ޕްރައިމަރީ ބާއްވަން ވަކާލާތު ކުރީ މިހެންވެދާނެތީ. އަދި ކިރިޔާ ޕްރައިމަރީ ނުބޭއްވުމުގެ ހިތި ނަޖީއާ ކުރިމަތިލާން މިޖެހުނީ،" ދުވަހު ނޫސް "އާފަތިސް" އަށް ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވި ގޮތުގައި އިދިކޮޅުން ގުޅިގެން ޕްރައިމަރީއެއް ބޭއްވި ނަަމަ އެމްޑީޕީ އަށް ވިހި ޕަސެންޓް ވެސް ނުލިބޭނެ ކަމަށެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން އުމަރު ވަނީ އިދިކޮޅު ފަރާތްތަކުގެ މެދުގައި އެއްވެސް ފަރާތަކަށް ދޫދިނުމުގެ ވިސްނުމެއް ނެތުމުން އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement