ފިނޭންސް މިނިސްޓްރީގެ ވެރިން، ބަޖެޓް ދިރާސާ ކޮމިޓީގައި
ރިޕޯޓް
28 Oct 2024 | 23:02
ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅަންޖެހުނީ ކީއްވެ؟

މިއަހަރުގެ ކުރިއަށް އޮތްތަނުގައި ހަރަދުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓް މިއަދު މިވަނީ ބަޖެޓް ކޮމިޓީން ފާސްކޮށްފައެވެ. ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކީ، ސަޕްލިމަންޓަރީ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5.1 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނީ، ބަޖެޓުގައި ހިމަނާފައިވާ ރިފޯމްތައް ތަންފީޒުކުރަން ކުރަންޖެހޭ މަސައްކަތްތަކުގެ ބޮޑުބައި ކުރަންޖެހުމުން، އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ވަގުތު ނަގައި، ޚަރަދު އިތުރުވާނެކަމަށް ލަފާކުރެވުމުން ކަަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުކޯށްދޭންޖެހޭ ހިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޯށްދިނުން ކަމަށެވެ.

ސަޕްލިމަންޓަރީ ބަޖެޓާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، އަހަރުގެ މިހާތަނަށް ކުރި ހަރަދުތައް އާއްމުނުކޮށް ސަޕްލިމަންޓަރީ ބަޖެޓަށް ރުހުންދެވެން ނެތްކަމަށެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ސަޕްލިމަންޓަރީ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ފަރާތުންވެސް ވަނީ މުހިއްމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެންމެބޮޑަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ ދައުލަތަށް އެކިގޮތްގޮތުން ލިބޭނޭ ކަމަށް އަންދާޒާކުރި އާމްދަނީ އާ އެއްވަރަށް މިހާހިސާބަށް އާއިރުވެސް އާމްދަނީ ލިބިފައި ނުވުމެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓްގައި ލިބޭނޭކަމަށް ފާހަގަކޮށްފައިވާ އަދަދުތައް ލިބޭނޭކަމުގެ ޔަގީންކަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ސަޕްލިމަންޓަރީ ބަޖެޓާއެކު ދައުލަތުގެ މިހާރުގެ ޖުމްލަ ދަރަންޏަށް މިއަހަރު އަލަށް 22 ބިލިއަން ރުފިޔާ އިތުރުވެގެންދާނޭކަމަށް އޮޑިޓަރ ޖެނެރަލްގެ ރަޢުޔުގައި ވަނީ ވިދާޅުވެފައެވެ. 

ސަޕްލިމަންޓްރީ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ހުށަހެޅުއްވި ރަޢުޔުއަށްފަހު ފިނޭންސް މިނިސްޓްރީގެ ފަރާތުން ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު ވަނީ، ވަރަށް ތިލަކޮށް ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަންޖެހުނު ސަބަބު ބަޔާންކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވީ، 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިއިރު އޭގެ ތެރެއިން ރިކަރަންޓް ހަރަދަކީ 1.5 ބިލިއަން ރުފިޔާ ކަމަށެވެ. ބަޖެޓްގެ ބޮޑު ބަޔަކީ ކެޕިޓަލް ހަރަދެވެ. އެއީ 3.6 ބިލިއަން ރުފިޔާއެވެ. 

ސާއިދު ވިދާޅުވީ ޕީއައިއެސްޕީގެ ދާއިރާއަށް ސަޕްލިމަންޓްރީ ބަޖެޓުގެ ބޮޑުބައެއް ހޭދަކުރަންޖެހުނީ ކުރިއަށްދާ ބައިވަރު ޕްރޮޖެކްޓުތައް ހުރީމަކަމަށެވެ.

ގިނަ ފަރާތްތަކަކުން މަސައްކަތްކޮށްފައި ފިނޭންސަށް ބިލް ހުށަހަޅާ. އެހެންވީމައި ސަރުކާރަކަށް އޮންނާނެ ފުރުސަތެއް ނޫން އެއީ ބަޔަކު ލައްވައި މަސައްކަތްކޮށްފައި އެފަރާތްތަކަށް ބިލް ޕޯސްޓްނުކޮށް ފައިސާ ނުދީ ތިބުމަކީ. ކޮންމެހެންވެސް އެކަންކުރަން އެބަޖެހޭ

ސާއިދު ވިދާޅުވިއެވެ.

ސަޕްލިމަންޓަރީ ބަޖެޓަށް ބަލާއިރު، ރިކަރަންޓް ހަރަދުގެ ތެރެއިން މުއައްޒަފުންގެ މުސާރަ ނަގާފައި އެންމެބޮޑީ ސަބްސިޑީގެ ގޮތުގައި ހަރަދުކުރުމަށް ކަނޑައަޅާފައިވާ އަދަދެވެ. ސަބްސިޑީގެ ގޮތުގައި ވަނީ އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ޖަހާފައެވެ.

މިއަހަރުގެ ބަޖެޓް ހުށަހެޅިއިރު، ކުރިން ނިންމާފައި އޮތީ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސަބްސިޑީތައް ކަނޑާލައި އައު އުސޫލުގެ ދަށުން ސަބްސިޑީ ދޭށެވެ. ނަމަވެސް ސަރުކާރު ބަދަލުވިއިރުވެސް އެކަމަށް ތައްޔާރުވެފައި ނެތުމާއެކު، އަދިވެސް ސަބްސިޑީ ރިފޯމްކުރުމުގެ ކަންކަން ތަންފީޒު ކުރެވިފައި ނުވާކަމަށް ފިނޭންސުން ވަނީ ބުނެފައެވެ. އެހެންކަމުން ސަބްސިޑީ ކަނޑާލެވެން ނެތްއިރު، ސަޕްލިމަންޓަރީ ބަޖެޓްގައި އެބައި ހިމެނުން ނޫން ގޮތެއް ނެތްކަމަށް ފިނޭންސުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.