މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު): ފޮޓޯ/ މަޖިލިސް
ހަބަރު
29 Oct 2024 | 11:04
ރައީސުލްޖުމްހޫރިއްޔާ އަންނަނީ އެމަނިކުފާނުގެ ބާރުތައް ދޫކުރައްވައި ރައްޔިތުންނާއި ހަވާލުކުރައްވަމުން: އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އެމަނިކުފާނަށް ލިބިދީފައިވާ  ބާރުތައް ދޫކުރައްވައި، ރައްޔިތުންނާއި އެ ބާރުތައް ހަވާލުކުރައްވަމުންދާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެންޓިކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން އިއްބެ ވިދާޅުވީ، އަދުގެ މަޖިލީހުން ކުރަމުންދާ މަސައްކަތަކީ، ކުރީގެ އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ދިން ބާރުތައް ހަނިކޮށް، މަޖިލީހުގެ އިޚްތިޔާރުގެ ތެރެއަށް ގެނައުމުގެ މަސައްކަތް ކަމަށެވެ. 

މީގެ މިސާލަކީ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ ބާ ކައުންސިލްގެ ބާރުތައްވެސް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދޫކޮށްލެއްވި މަންޒަރު. އެހެންވީމާ ހަގީގަތަކީ ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނުގެ ބާރުތައް ދޫކުރައްވައި، ރައްޔަިތުންނާއި ހަވާލުކޮށް، މިކަންކަން ބެލެންސްވެ އިންސާފުގެ ނިޒާމަކުން ދާނެ ގޮތުގެ މައްޗަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރަމުންދާ މަންޒަރު މިފެންނަނީ

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) 

މީގެ އިތުރުން އިއްބެ ވަނީ، އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރ އަލީ އިހްސާން، ދެއްކެވި ބައެއް ވާހަކަފުޅުތަކަށްވެސް އަލިއަޅުވާ ލައްވާފައެވެ. 

އެގޮތުން، މިދިޔަ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާކަމަށް އިހްސާން ވިދާޅުވެފައިވާކަން ފާހަގަކުރެއްވިއެވެ. 

އަދި އެފަދަ މައްސަލަ ތަކަކީ އޭސީސީން ބަލަންޖެހޭ މައްސަލަތައް ކަމަށް ވިދާޅުވެ އޭނާ ވަނީ އެ މައްސަލަތައް ބެލުމަށް އޭސީސީއަށް ގޮވާލައްވާފައެވެ: 

މިއާއެކު މެންބަރު އިއްބެ ވަނީ، އޭސީސީގެ ގާނޫނަށް ގެންނަ އިސްލާހަކީ މުހިންމު އިސްލާހެއްކަން ފާހަގަކުރައްވައި އެ ބިލުގެ މަސައްކަތް ވޭހާވެސް އަވަށް ނިންމުމަށް އެދިލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ