ދިއްލީގެ ވައި ނުސާފުވެ، އާއްމުން ވީހާވެސް ބޮޑަކަށް ގޭގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައި-- ފޮޓޯ: މިންޓް
ދުނިޔެ
29 Oct 2024 | 11:04
ދިއްލީގެ ވައި ވަރަށް ބޮޑަށް ނުސާފުވެ، ސަމާލުވާން އެދެފި

އިންޑިއާގެ ވެރިރަށް ދިއްލީގެ ވައިގެ ވަރަށް ބޮޑަށް ނުސާފުވެ، ނުރައްކާތެރި އަދި ވަރަށް ގޯސް ހާލަތަކަށް ގޮސްފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވި ހަފްތާގައި ސިޓީގެ އެކި ސަރަޙައްދުތަކުގައި ވައިގެ ނުސާފު މިންގަނޑު ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން ރައްކާތެރިކަމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ 25 ނުވަތަ 30 ގުނަ އިތުރުވެފައެވެ.

އިންޑިއާގައި ފާހަގަކުރާ ދިވާލީ ފެސްޓިވަލްގައި ބުރާސްފަތި ދުވަހު ބޭނުންކުރާ ޕަޓާސްތަކާއި އަވަށްޓެރި ސްޓޭޓްތަކުގައި ދަނޑުވެރިކަމުގެ ބާކީވާ ތަކެތި އަންދާލުމާއި މޫސުމީ ހާލަތްތަކުގެ ސަބަބުން މި ހާލަތު އިތުރަށް ގޯސްވާނެކަމަށް މޫސުމާއި ބެހޭ މާހިރުން ވަނީ އިންޒާރުދީފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުން ޖެނުއަރީ މަހާ ހަމައަށް ދިއްލީ އާއި އުތުރު އިންޑިއާގެ އެތައް ސިޓީއެއްގައި ވައިގެ ނުސާފުމިން އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން ވިޔަފާރިތަކަށް ހުރަސްއެޅި، ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން ޖެހެއެވެ.

ސަރުކާރުން ހިންގާ ސަފަރް ވެބްސައިޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކުދި މާއްދާތަކުގެ (ޕީ.އެމް 2.5 ގެ ނަމުން މަޝްހޫރު) މިންވަރު ހޯމަ ދުވަހު ބައެއް ސަރަޙައްދުތަކުގައި ކިއުބިކް މީޓަރަކަށް 350 މައިކްރޯގްރާމަށް އަރާފައިވެއެވެ. މި މާއްދާތަކަކީ ފުއްޕާމޭގެ އެންމެ އެތެރެއަށް ވަދެފިނަމަ، އެތައް ބައިވަރު ބަލިތަކެއް ޖެހުމަށް މަގުފަހިވާ އެއްޗެކެވެ.

އެ ވެބްސައިޓުން ބުނާގޮތުގައި، ޕީ.އެމް 2.5 ގެ މިންވަރު 300 އާއި 400 އާ ދެމެދުގައި ހުރެއްޖެނަމަ، ވައިގެ ފެންވަރު ވަރަށް ދަށްކަމަށް ބެލެވެއެވެ. އަދި މި މިންވަރު 400-500 އަށް އަރައިފިނަމަ، އެ ހާލަތު ނުރައްކާތެރި ކަމަށް ބެލެވެއެވެ.

ކޮންމެ ފިނިމޫސުމެއްގައި ދިއްލީ ދުމުގެ ބޯ ފަށަލައަކުން ނިވާވާއިރު، މިއީ ދުމާއި، ކުނޑި، ވައި މަޑުވުމާއި، އުޅަނދުފަހަރުގެ ދުމާއި، ދަނޑުވެރިކަމުގެ ބާކީތައް އެންދުމުގެ ސަބަބުން ދިމާވާ ހާލަތެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މި ހަފްތާގެ ފަހުކޮޅު އަންނަ ދިވާލީ ފެސްޓިވަލްގެ ކުރިން، އެގައުމުގެ ސަރުކާރުން ވަނީ ޕަޓާސް އުފެއްދުމާއި، ރައްކާކުރުމާއި، ވިއްކުން މުޅިން މަނާކޮށްފައެވެ. ނަމަވެސް، މީހުން އެހެން ސްޓޭޓްތަކުން ޕަޓާސް ހޯދާތީ މީގެ ކުރިންވެސް މިފަދަ މަނާކުރުންތައް އެކަށީގެންވާ ވަރަށް ތަންފީޒުކުރެވިފައެއް ނުވެއެވެ.

އެ ސިޓީގެ ވައި އިންތިހާއަށް ނުސާފުވުމާއި ގުޅިގެން، ދިއްލީގެ އިދާރާތަކުން ވަނީ ރައްޔިތުން ވީހާވެސް ބޮޑަށް ގޭގައި ތިބުމަށް އިންޒާރުދީ، ސިޓީގައި ޢިމާރާތްކުރުމުގެ މަސައްކަތްތައް މަޑުޖައްސާލުމަށް އަންގާފައެވެ. އަދި އުޅަނދުފަހަރުގެ ދުމުގެ މިންވަރު މަދުކުރުމަށްޓަކައި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.