ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ފޮޓޯ/ މަޖިލިސް
ހަބަރު
29 Oct 2024 | 12:40
ނިދާފައި އޮތުމަށްފަހު، މިދިޔަ ސަރުކާރު ނިމެން ކައިރިވުމުން އޭސީސީ ހޭލީ މަގާމުގެ ދިފާއުގައި: މައުރޫފް

ކުރީ ސަރުކާރުގައި ”ނިދާފައި އޮތުމަށްފަހު“ އެ ސަރުކާރު ނިމެން ވުމުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހޭލީ، އެތަނުގައި މެންބަރުންގެ ތިބި މީހުންގެ ވަޒީފާގެ ދިފާޢުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. 

އޭސީސީގެ ރައީސާއި ނާއިބު ރައީސް އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭގޮތަށް އޭސީސީގެ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވަނީ މަޖާޒީ ގޮތަކަށް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

”ދިވެހި ރައްޔިތުން ރައީސް މުޢިއްޒު އަދި ޕީއެންސީގެ އަގުލަބިއްޔަތު އޮތް މަޖިލީހެއް އިންތިޚާބުކޮށްފައި ދެންނެވީ، އޭސީސީ، ޕީއެންސީއާއި ސަރުކާރު ބޭނުންވާ ގޮތަކަށް ބަދަލުކޮށްދެއްވާށޭ. ދިވެހި ރައްޔިތުން ބުނީ، ގާނޫނު އަސާސީގައިހުރި މިނިވަން މުވައްސަސާތަކުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާށޭ. އަދި މަޖިލީހުގެ ރައީސަކީވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ  ބޭފުޅެއްގެ ގޮތުގައި ހައްދަވައިދެއްވާށޭ. ދިވެހި ރައްޔިތުން އަދިވެސް ވިދާޅުވެފައި އެބައޮތް ކައުންސިލްތަކުގެ ރައީސުންނާއި ނާއިބުންނަކީވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅެއްގެ ގޮތުގައި ހައްދަވައިދެއްވާށޭ. އެހެންވީމާ ރައްޔިތުނ އެގޮތަށް ބޭނުންވާ ނަމަ އެ ބަދަލުތައް ގެންނަންވީ.“

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު

ކަންމިހެން ހުރި ނަމަވެސް، ގާނޫނު އަސާސީގައި، ސަރުކާރު އަދި ދައުލަތް ހިނގާގޮތުގެ މައްޗަށް ފާރަވެރިވުމަށް މަތިކޮށްފައިވާ ފަރާތަކީ އޭސީސީ ކަމުގައިވާއިރު، އެ ކޮމިޝަނުގެ ރައީސާއި ނާއިބު ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ގޮތަށް ހަމަޖެއްސުމުން ސަރުކާރު ހިންގަންތިބޭ މީހުންނަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރުމަށް އޭސީސީއަށް ދަތިތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް އޭނާ ވިދާޅުވުއެވެ.

މިއާއެކު މައުރޫފް ވިދާޅުވީ، މިނިވަން މުވައްސަސާތަކަށް އައްޔަނު ކުރެވޭ މެންބަރުން އެ މަގާމަށް ކުރިމަތިލަނީ ވަޒީފާއެއްގެ ބޭނުމުގައި ކަމަށެވެ. އަދި އެ ވަޒީފާ ގެއްލިދާނެތީ އެ ކޮމިޝަންތަކުގެ ރައީސުންނާއި ނާއިބުންވެސް ”އެތަކެއް ސަކަރާތެއް ޖަހާފައިވާތަން“ ފެންނަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. 

މިއިން ކޮމިޝަނަކަށް އައްޔަނުކުރެވޭ އެއްވެސް ފަރާތެއް އެފަރާތެއްގެ މަގާމު ގެއްލޭކަށެއް ބޭނުމެއް ނުވޭ. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މިދިޔަ ސަރުކާރު ނިމެމުންދިޔައިރު، އޭސީސީ ނިދާފައި އޮވެފައި އެކްޓިވްވެގެން އުޅުނު ގޮތް. ފްލެޓްތައް ބަދަލު ކޮށްލީ. ފްލެޓް ލިސްޓްތައް ބާތިލްކޮށްލީ. އެތައް ކަމެއް އޭސީސީން ކުއްލިއަކަށް ކުރަން ފަށައިފި. އަމިއްލައަށް، މަޖިލީހުން ދައުވަތެއް  ުނުދެއްވަނީސް މަޖިލީހަށް ވަޑައިގެން، އެކި ކަހަލަ ޝަކުވާތައް މަޖިލިސް ދޮށުގައި ކުރި. މީގެ ބޭނުމަކީ މި ސަރުކާރުގައި މަގާމުގައި ދެމިހުރުން

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު

ކަންމިހެން ހުރުމުން، އޭސީސީ ފަދަ ތަންތަނުގެ ރައީސާއި ނާއިބު ކަނޑަެެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމުން، އެތަންތަނަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި، ރައީސުލްޖުމްހޫރިއްޔާއަށް ބަލަންޖެހޭ ފަދަ ގޮތަކަށް ކަންކަން ވެގެންދާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ކުރުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއްކަމުގައިވެސް މައުރޫފް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.