މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް: ފޮޓޯ/ މަޖިލިސް
ހަބަރު
30 Oct 2024 | 10:22
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކުރުމަށް ފައިސާ ހަމަޖެހިއްޖެ؛ އަންނަ އަހަރު މަސައްކަތް ފަށާނަން: ޝިޔާމް

އައްޑޫސިޓީ ފިޝަރީޒް ކޮމްޕްލެކްސްގެ ކެޕޭސިޓީ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށާ، އެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރު މަޖިލީހަށް ހާޒިރުކޮށް، މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ވަނީ، އައްޑޫ ފިޝަރީޒް ކޮންޕެލެކްސް ބޮޑު ކުރުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކުރައްވައި، އެ މަސައްކަތް ފެށޭނީ ކޮން އިރަކުންތޯ ސުވާލު ކުރައްވާފަ އެވެ.

މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މަސްވެރި ސިނާއަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ގޮތަކުންވެސް ކެޕޭސިޓީ ނެތުން ކަމަށެވެ. އެގޮތުން ފެލިވަރު ވުޖޫދުވިތާ ބައި ގަރުުނު ގުނަން ދާއިރުގައި، ތަން ފަށައިގެން އިރު ހުރި ހާލަތާއި މިއަދާއި މާ ބޮޑު ތަފާތެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ކަމަށާއި މިފްކޯ ވުޖޫދުވިތާ 28 އަހަރުވީއިރު ވަސީލަތްތައް ތަރައްގީ ނުވެ އޮތްކަން މިނިސްޓަރު ޝިޔާމް ފާހަގަ ކުރެއްވި އެވެ.

މި ސިނާއަތް ކުރިއެރުވުމަށްޓަކައި މާ ގިނަ މަސައްކަތްތަކެއް ކުރެވިފައެއް ނެތް، މިފްކޯ ވުޖޫދުވީ ފަހުންވެސް 28 އަހަރުވީއިރުގައި މަސްވެރި ސިނާއަތުގައި ދިވެހިރާއްޖޭގެ މަސްވެރިން ތަރައްގީވެގެން އައި ގޮތަށް މަސްވެރިން އަތުން މަސް ގަންނަ ވަސީލަތްތައް ތަރައްގީ ނުވެ ހުރި ހުރުން، މިއީ ހަގީގަތުގައި މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބޮޑު ގޮންޖެހުން.

މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް

މިއާއެކު ޝިޔާމް ވިދާޅުވީ، އައްޑޫ ހުޅުދޫގައި ގާއިމްކުރެވިފައިވާ ފެސިލިޓީގެ ކެޕޭސިޓީ އިތުރުކުމުގެ ވާހަކަ ކުރީ ސަރުކާރުންވެސް ވަރަށް ބޮޑަށް ދެއްކި ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުން ފެށިގެންވެސް އެވާހަކަ ދައްކަމުން އައި ނަމަވެސް، މިކަމުގައި އަމަލީ ސިފަ ޖެއްސުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. 

އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން، މަސްވެރި ސިނާޢަތުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް ފެއްޓެވި މަސައްކަތް ތެރޭގައި މި މަސައްކަތް ހިމެނޭ. މިފްކޯ މެދުވެރިކޮށް މި މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ފަންޑިން އެޖެންސީތަކާއިއެކު، މަސައްކަތް ފެށިގެންދިޔ. އޭގެ ނަތީޖާއަކަށްވީ އައިއެސްޑީބީގެ ފަރާތުން މިފްކޯގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން، އައްޑޫގެ ފިޝަރީސް ކޮމްޕްލެކްސް ހިމެނޭހެން، މި މަސައްކަތް ކުރެވޭނެ ފައިސާ ހަމަޖެހިގެން މިދިޔައީ މިދިޔަ ހަފްތާގައި.

މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް

މިއާއެކު ޝިޔާމް ވިދާޅުވީ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ފައްޓަވައި، އެ އަހަރު ނިމެން ވާއިރު ނުވަތަ އެންމެ ލަސްވެގެން 2026 ވަނަ އަހަރުގެ ކުރީކޮޅުގައި ނިންމާނެކަމަށެވެ. 

ޝިޔާމް އިތުރަށް ވިދާޅުވީ، މިހާރު މި ފެސިލިޓީގައި ރައްކާކުރެވެނީ 1،500 ޓަނުގެ މަސްކަމަށާއި، ބްރައިން ކެޕޭސިޓީ ހުރީ 50 ޓަނުގައިކަމަށެވެ. ނަމަވެސް އިތުރު ކުރެވޭ ވަސީލަތްތަކާއެކު، އިތުރު 1،000 ޓަނުގެ މަސް ރައްކާކުރެވޭނެކަމަށާއި، ބްރައިން ފްރީޒިންއަށްވެސް 50 ޓަނު އިތުރުވެގެންދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ދުވާލެއްގެ މައްޗަށް 500 ޓަނުގެ މަސް ގަނެވޭނެކަމަށް ވިދާޅުވިއެވެ.

މިކަމަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި އެހީތެރިވެދިން ވުޒާރާތަކަށް، ޚާއްސަކޮށް ފިނޭންސް މިނިސްޓަރަށް ޝިޔާމަ ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ފިޝަރީޒް ކޮންޕްލެކްސް ބޮޑުވެގެން ދިޔުމަކީ އައްޑޫގެ މަސްވެރިކަމަށް ކުރެވޭނެ އެންމެ މުހިންމު ތަރައްގީގެ މަސައކަތް ކަންވެސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް