ރަފާހްގައި ހުރި އަންރުވާ ކޭމްޕަކަށް ޔަހޫދީން ހަމަލާދީ ހަލާކުކޮށްލާފައި-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
30 Oct 2024 | 12:34
ޣައްޒާގައި "އަންރުވާ" މަނާކުރަން އިސްރާއީލުން ފާސްކުރި ބިލާއި އދ އިން ދެކޮޅު!

ފަލަސްތީނުގެ ޣައްޒާގައި، އދ ގެ ފަލަސްތީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލެސްޓިން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ) މަނާކުރުމަށް ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ނިންމުމާއި ގުޅިގެން އދ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔަހޫދީ ދައުލަތުގެ މި ނިންމުމާއި ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްވެސް މިކަމާއި ނުރުހުން ފާޅުކުރައްވާފައިވާއިރު، އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ވޯލްކަރ ޓާކް ވިދާޅުވީ، އަންރުވާ އަކީ ޣައްޒާއަށް އެހީ ފޯރުކޮށްދޭ މައި ޖަމިއްޔާއަށް ވާއިރު، މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ ނަތީޖާތަކެއް ނުކުންނާނެކަމަށެވެ.

މިއާއިއެކު، ޖެނީވާގައި ހުންނަވާ އދގެ ހިއުމަން ރައިޓްސް އޮފީސް (އޯއެޗްސީއެޗްއާރު) ގެ ތަރުޖަމާނު ޖެރެމީ ލޯރެންސް ވިދާޅުވީ، މި ނިންމުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކާބޯތަކެއްޗާއި ތައުލީމާއި ސިއްހީ ހިދުމަތްތަކުގެ އިތުރުންވެސް އެނޫންވެސް ޒަރޫރީ ބޭނުންތައް ފޯރުކޮށްދިނުން އެއްކޮށް ހުއްޓިގެންދާނެ ކަމަށެވެ. އަދި ޣައްޒާގައި ހިންގަމުންދާ އުދުވާންގެ ސަބަބުން މިހާރު ޣައްޒާގެ ރައްޔިތުން ތިބި ހާލަތަށް ވުރެ ދަށަށް ދިރިއުޅުމުގެ ކަންކަން ވެއްޓިގެންދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުގެ މި ނިންމުމާއިއެކު، އދ ގެ އެކި ޖަމިއްޔާތަކުގެ އިތުރުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުން މިކަން ކުށްވެރިކޮށްފައިވާއިރު، ދުނިޔޭގެ ނުރުހުމާއި ފާޑުކިޔުން އަންނަނީ އެމީހުންނަށް އަމާޒުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.