ވަޒީރު ޒަމީރު މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
31 Oct 2024 | 13:57
ބަޖެޓް 2025: ޚަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ވާނެ!

ސަރުކާރުން، ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އަންނަ އަހަރުގެ ބަޖެޓުން 6.6 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ބަޖެޓުގައި ފާހަގަކޮށްފި އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި، މާލީ ވަޒީރު މޫސާ ޒަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އެ ބަޖެޓްގައި ވަނީ ޚަރަދު ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހިމަނާފައެވެ. 

އެގޮތުން ހަރަދު ކުޑަކުރަން އަޅާނެ ކަމަށް ބަޖެޓުގައި ބުނެފައިވާ ފިޔަވަޅުތަކަކީ: 

1-ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަށް ބަދަލުކުރުން 

2-އާސަންދަ ނިޒާމް މުރާޖައާކޮށް މިހާރަށް ވުރެ ވަށާ ޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން

3-ތެލުގެ އަގު ބޮޑުވުމުން މާލިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅުން 

4-ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ތަކުރާރު، އިސްރާފު ނުވާނެހެން މުރާޖައާކުރުން

5-ސަރުކާރު ކުންފުނިތައް ނުވަތަ އެސްއޯއީތައް އިސްލާހުކުރުން

ޚަރަދު ކުޑަ ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ އިތުރުން އާމްދަނީ އިތުރު ކުރުމަށްވެސް ގިނަ ކަންކަން ބަޖެޓްގައި ހިމަނާފައިވާއިރު، މި ފިޔަވަޅުތަކުގެ ސަބަބުން 4.9 ބިލިއަން ރުފިޔާ އަންނަ އަހަރު ދައުލަތަށް ލިބޭނޭ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

އެގޮތުން، އާމްދަނީ އިތުރުކުރަން ހުށަހަޅާ ކަންކަމަކީ: 

1. ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން

2. އެއާޕޯޓް ޓެކުހާއި ފީތައް ދެގުނަ ބޮޑުކުރުން

3. ގްރީން ޓެކުހުގެ ރޭޓްތައް ބޮޑުކުރުން

4. އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ނަގާ ވެއްޔަށް ޑްރެޖިން ފީއެއް ނެގުން

5. ޓީޖީއެސްޓީ ރޭޓް މަތިކުރުން

6. ޓީޖީއެސްޓީ ޑެސްޓިނޭޝަން ބޭސްޓް ޓެކްސްއަކަށް ބަދަލުކުރުން

7. ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން

މި ފިޔަވަޅުތަކުގެ ތެރެއިން ބައެއް ފިޔަވަޅުތައް ތަންފީޒު ކުރަން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހަށް ހުށަހަޅާ މިހާރު ވަނީ ނިމުމަކާ ހަމައިގަ އެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.