ދުނިޔެ
04 Nov 2024 | 10:09
އޭއައި އިން ލިޔުންތެރިކަން މަރާލާނެކަމުގެ އިންޒާރު ސައިންޓިސްޓުން ދީފި

މަސައްކަތުގައާއި ސްކޫލްތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމުގެ ސަބަބުން، އަންނަ މަދު އަހަރުތަކެއްގެ ތެރޭގައި ގިނަ މީހުންގެ ލިޔުންތެރިކަމުގެ ހުނަރު ގެއްލިގެންދާނެކަމުގެ އިންޒާރު ކޮމްޕިއުޓަރ ސައިންޓިސްޓަކު ދީފިއެވެ.

ސްޓާޓްއަޕް އެކްސެލެރޭޓަރ އަދި ވެންޗަރ ކެޕިޓަލް ފާމެއް ކަމަށްވާ ވައި ކޮމްބިނޭޓަރގެ ކޯފައުންޑަރ އަދި ތަޖުރިބާކާރު އިންވެސްޓަރ ޕޯލް ގްރަހަމް މިފަދައިން ވިދާޅުވެފައިވަނީ ފާއިތުވި ހަފްތާގައި އޭނާގެ ވެބްސައިޓްގައި ޝާއިޢުކުރި މަޒުމޫނެއްގައެވެ.

އިނގިރޭސި-އެމެރިކާގެ ސައިންޓިސްޓް އަދި ލިޔުންތެރިއެއްވެސް ކަމަށްވާ ޕޯލް ގްރަހަމް ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެއީ ލިޔުމަކީ ވިސްނުން ކަމަށްވާތީއެވެ.

"ރަނގަޅަށް ލިޔަން ވާނަމަ، ހުޅުވާލެވިފައިވާ ސިކުނޑިއަކުން ރަނގަޅަށް ވިސްނަން ޖެހޭ. އަދި އެފަދައިން ވިސްނުމަކީ އުނދަގޫ ކަމެއް. އެހެންވެ ގިނަ މީހުންނަށް ލިޔަން އުނދަގޫ ވަނީ.“ ޕޯލް ގްރަހަމް ވިދާޅުވިއެވެ.

ނަމަވެސް، ޓެކްނޮލޮޖީގެ ކުރިއެރުމާއެކު މީހުންނަށް ލިޔުމުގެ މަސައްކަތް އޭއައި އަށް ހަވާލުކުރެވޭ ގޮތް ވަނީ ވެފައެވެ. އެހެންކަމުން، ލިޔަން ދަސްކުރުމުގެ ބޭނުމެއް ނެތްކަމަށާއި، އެހެން މީހަކު ލައްވާ ލިޔުވުމުގެ ނުވަތަ ކޮޕީކުރުމުގެ ބޭނުމެއްވެސް ނެތްކަމަށް ގްރަހަމް ވިދާޅުވިއެވެ.

"އާންމު ގޮތެއްގައި ޓެކްނޮލޮޖީއާ ބެހޭ ގޮތުން ކަންކަން ލަފާކުރުމަށް އަޅުގަނޑު ފަސްޖެހެން. އެކަމަކު މިކަމާ ބެހޭ ގޮތުން އަޅުގަނޑަށް ޔަޤީންކަމާއެކު ބުނެވޭނެ.  ދެތިން ޑިކޭޑްގެ ތެރޭގައި ލިޔަން ދަންނަ މީހުން މަދުވާނެ،" ގްރާހަމް ވިދާޅުވިއެވެ.

"ޓެކްނޮލޮޖީ ތަރައްޤީވުމާއެކު ބައެއް ހުނަރުތައް ގެއްލިގެން ދިއުމަކީ އާންމު ކަމެއް. މިހާރު ދަނގަޑު މަސައްކަތްކުރާ މީހުން މަދުވެފައިވާއިރު، އެއީ މައްސަލައެއް ކަމަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މީހުންނަށް ލިޔަން ނޭނގުމަކީ "ނުރައްކާތެރި" ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

"ލިޔަން ދަންނަ މީހުންނާއި ނުދަންނަ މީހުންގެ މައްޗަށް ބެހިފައިވާ ދުނިޔެއަކީ އަޑުއިވޭ ވަރަށްވުރެ ނުރައްކާތެރި ދުނިޔެއެއް. އެއީ ވިސްނޭ މީހުންނާއި ނުވިސްނޭ މީހުންގެ ދުނިޔެއަކަށް ވާނެ،" ގްރާހަމް ވިދާޅުވިއެވެ.

މިއީ ކުރިން ދުވަހަކު ވެސް ދިމާވެފައިވާ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ އިޝާރާތްކުރެއްވީ ސިނާޢީ އިންޤިލާބުގެ ކުރީގެ ދުވަސްވަރަށެވެ.

"އެ ދުވަސްވަރު ގިނަ މީހުން އަދާކުރާ ވަޒީފާތަކުގެ ސަބަބުން އެމީހުންވެފައިވަނީ ވަރަށް ބާރުގަދަ ބުންވަރު ހުންނަ ބަޔަކަށް. މިހާރުވެސް އެފަދަ ބަޔަކަށްވާން ބޭނުންވާ ނަމަ، ކަސްރަތު ކުރެވޭނެ. އެހެންވީމާ، މިހާރުވެސް ވަރުގަދަ މީހުން އެބަތިބި،" ގްރާހަމް ވިދާޅުވިއެވެ.

އޭނާގެ ނަޒަރުގައި، ލިޔުންތެރިކަމަށްވެސް ވާނީ އެހެންނެވެ.

"ވިސްނުންތޫނު ލިޔަން އެނގޭ މީހުން ތިބޭނެ، އެކަމަކު އެއީ ހަމައެކަނި އެކަމަށް ބޭނުންވާ މީހުން އެކަނި."

ޑިޖިޓަލް އެޑިޔުކޭޝަން ކައުންސިލުން ފަހުން ހެދި ސަރވޭއަކުން ދައްކާ ގޮތުގައި %86 ދަރިވަރުން އެމީހުންގެ ކިޔެވުމުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި %28 ދަރިވަރުން ލިޔުންތައް އަލުން ޢިބާރާތްކުރުމަށް ޓެކްނޮލޮޖީ ބޭނުންކުރާއިރު، %24 ދަރިވަރުން ފުރަތަމަ ޑްރާފްޓް ހެދުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.