މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) : ފޮޓޯ/ މަޖިލިސް
ހަބަރު
04 Nov 2024 | 13:00
ޑިމޮކްރަސީގެ ނަމުގައި، ޑެމޮކްރަޓިކް ޓެރަރިޒަމް ހިންގި؛ އައު އިސްލާހުން އެކަންކަން ހުއްޓުވޭނެ: އިބްރާހީމް

ޑިމޮކްރަސީގެ ނަމުގައި، ބައެއް ޕާޓީތަކުން ޑެމޮކްރަޓިކް ޓެރަރިޒަމް ހިންގި މަންޒަރު ފެނިގެންދިޔަ ކަމަކާ، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުން އެފަދަ ކަންކަން ހުއްޓުވޭނެ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށައަޅާފައި އޮތް އިސްލާހަށް ބަހުސް ކުރައްވަމުން އިއްބެ ވިދާޅުވީ، މިއީ މިއަދު ރާއްޖެއަށް ވަރަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއްކަމަށެވެ.

މިއާއެކު، މިއަދުގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، އެމެރިކާގައި ރައްޔިތުން ދެ ސިޔާސީ ފިކުރަށްވުރެ ގިނަ ފިކުރު ބޭނުންވާކަމަށާ، އެކަމުންވެސް ގިނަ ސިޔާސީ ޕާޓީތަކުގެ މައްޗަށް އެކުލެވޭ ނިޒާމެއްގެ މުހިންމުކަން ހާމަވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިއްބެ ވަނީ ރައްދުދެއްވާފައެވެ. 

އެގޮތުބް އިއްބެ ވިދާޅުވީ، އެމެރިކާ އަކީ އދ ގެ ޗާޓަރާވެސް ދެކޮޅަށް އެތައް ހަނގުރާމަކޮށް، 31 މިލިއަން މީހުންގެ ގަތުލުގެ ޒިންމާވާ ބައެއް ކަމަށެވެ. އެމީހުން ހިންގާފައިވަނީ ޑިމޮކްރަޓިކް ޓެރަރިޒަމް ކަމަށާ އެކަންކަން ކޮށްފައިވަނީ އިސްލާމީ ދައުލަތްތަކާއި ދެކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގައިވެސް ޑިމޮކްރަސީގެ ނަމުގައި، ޑިމޮކްރެޓިކް ޓެރެރިޒަމް ބައެއް ސިޔާސީ ޕާޓީތަކުން ހިންގާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައިވެސް ޑިމޮކްރަސީގެ ނަމުގައި، ޑިމޮކްރެޓިކް ޓެރެރިޒަމް ހިންގަމުންދިޔައީ ބައެއް ސިޔާސީ ޕާޓީ ތަކުން، ސިޔާސީ ކަންކަން ތަންފީޒުކުރުމުގެ ނަމުގައި. އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ޑިމޮކްރެޓިކް ޓެރެރިޒަމް ހިންގި މަންޒަރު މަޖީދީ މަގުގަ، ފުލުހުންނާއި ދެކޮޅަށް އަލިފާން ބޯޅަ އުކި މަންޒަރު، އަޅުގަނޑުމެންނަށް ފެނިގެންދިޔަ 2012 ގައި ފުރުގާން މިސްކިތަށް ނަމާދު ކުރަން ތިބި ބައެއްގެ ބޮލަށް ގާ އުކަމުންދިޔަ މަންޒަރު. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ސިޔާސީ ހަރަކާތްތަކުގެ ނަމުގައި މާ ބަނޑު ފުލުހަކަށް އަނިޔާދެވިގެން ދިޔަ މަންޒަރު. މިއީ ސިޔާސީ ޕާޓީ ތަކުން އޯގަނައިޒް ކޮށްގެން، ޓެރަރިޒަމް ހިންގާގޮތް

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) 

މިއާއެކު އިއްބެ ވިދާޅުވީ، އެފަދަ ކަންކަމަކީ ޒިންމާދާރު ކުރުވައި، ޖިނާއީ އަދުލުގެ ތެރެއިން ހުއްޓުވެން ޖެހޭ ކަންކަންކަމަށެވެ. އަދި ”ސިޔާސީ މަސައްކަތް ކުރުމުގެ މާނައަކީ ޓެރެރިޒަމް ހިންގުމެއް ނޫން“ ކަމަށާ އެއީ "ދިވެހީން މުދަލަށް ގެންލުން ދިނުންވެސް ނޫން“ ކަމަށް ވިދާޅުވިއެވެ.

241 މިލިއަން ރުފިޔާއަށް ވާވަރަށް ފުލުހުންގެ މުއައްސަސާތައް އަންދާލެވުނީވެސް ސިޔާސީ މަސައްކަތުގެ ނަމުގައި. ކިތައް ކޯޓުގައި ތީ ހުޅުޖެހީ؟ ކިތައް ފުލުހުންގެ އިދާރާގައިތޯ ހުޅުޖެހީ. މިއީ ސިޔާސީ ޕާޓީތަކުން ކޮށްފައި ހުރި ކަންކަން. 

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) 

އިއްބެ ވިދާޅުވީ އެފަދަ ކަންކަން ރާއްޖޭގައި ހުއްޓުވަންޖެހޭ ކަމަށާ، ހިންގެނީ ހަމައެކަނި އިސްލާމީ ޓެރަރިޒަމް ނޫން ކަމަށާ ޑިމޮކްރަސީގެ ނަމުގައުވެސް ޓެރަރިޒަމް ހިންގޭ ކަމަށެވެ.

އަދި ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުން، އެކަންކަން ބަލަހައްޓައި، މިފަދަ އަމަލުތަކަށް ޒިންމާދާރު ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
29 Jul 2026
ޝޯވ އަދި މިޔުޒިކު މަނާކުރެވިގެން ނުވާނެ: ރައީސް ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'ބިޔޯން އަގެއިން' އަކީ ދުނިޔޭގެ މަޝްހޫރު ބޭންޑެއް ކަމަށްވާ 'އައްބާ' ގެ އެންމެ މަޝްހޫރު ޓްރިބިއުޓް ބޭންޑު ކަމަށެވެ. އަދި އެފަދަ ޝޯތަކާއި އަދި މިއުޒިކް މަނާކުރެވިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
29 Jul 2026
ތިލަފުށީގެ ކުނިތައް ހދ.ކުނބުރުދޫއަށް ގެންދާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރު
ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ކުނި މެނޭޖުކުރާ ސައިޓުގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ރޯވި ކުނިތައް އދ.ކުނބުރުދުއަށް ގެންދާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
29 Jul 2026
ފީފާ ވޯލްޑް ކަޕް ހިންގުމަށް 20 ބިލިއަން ޑޮލަރުގެ ކުންފުންޏެއް އުފައްދަނީ
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން ބާއްވާ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތައް ހިންގުމަށްޓަކައި 20 ބިލިއަން ޑޮލަރުގެ އަގުހުރި ސަބްސިޑިއަރީ ކުންފުންޏެއް އުފައްދައި، އޭގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް ނިންމައިފިއެވެ.
29 Jul 2026
އިރާގަށް ސައުދީއިން ވަރުގަދަ ހަމަލާތަކެއް ދީފި
ސައުދީގެ މިނިސްޓްރީ އޮފް ޑިފެންސް އިން ހާމަކުރި ގޮތުގައި، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އާ ގުޅިގެން ބުދަ ދުވަހު ދިން މި ހަމަލާތަކަކީ ސައުދީގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ.