ކުރީގެ ރައީސް ޔާމީން ޕީއެންއެފް އޮފީހުގައި: ފޮޓޯ/ ވޮއިސް
ހަބަރު
05 Nov 2024 | 10:43
ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ؛ އެއަށް ނަގަންވާނީ އެންމެ ޤާބިލު މީހުން: ޔާމީން

ސިފައިންނާއި ފުލުހުންގެ މުވައްސަސާއަކީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ ކަމަށާ އެ ދެ މުއައްސަސާއަށް ނަގަންވާނީ އެންމެ ޤާބިލު މީހުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާއެއްގައި އެކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، ސިފައިންނާއި ފުލުހުންނަށް މީހުން ނަގަނީ ”ފޮޅައި ސާފުކުރަން ނޫން“ ކަމަށާ، އެމީހުންގެ ޢިލްމީ ޤާބިލުކަން ހުންނަންޖެހޭ ކަމަށެވެ. އަދި އެމީހުންނަކީ ހަމައެކަނި މަގުމައްޗަށް ނުކުމެ ތިބެންޖެހޭ ބައެއް ނޫން ކަމަށާ އެއީ ތަޢުލީމީ ޤާބިލުބައެއްކަން ސާބިތު ކޮށްދީފައިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. 

”ކުރިއަށް ކިޔެވޭނެ ގޮތް ނެތް މީހުން. ނޫނީ ޖީސީއިން ރަނގަޅަށް ފާސް ނުވާ. މިއެއް ނޫން އަޅުގަނޑުމެން ބޭނުންވަނީ ސިފައިންނާއި ފުލުހުންނަށް. ސިފައިންނާއި ފުލުހުންނަކީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ. މިތަނަށް މީހުން ނަގަން ވާނީ އޮން މެރިޓް، އެ ތަންތަނަށް ވަންނާނެ މީހުން މިހާރު ވާނެ،" 

ކުރީގެ ރައީސް ޔާމީން

މިއާއެކު ޔާމީން ވިދާޅުވީ، ބަޔަކަށް ވަޒީފާ ލިބުމަކީ އެމަނިކުފާނަށް އުނދަގޫ ވާ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ސިފައިންނާއި ފުލުހުންނަށް ކުރަން ޖެހޭ ޚަރަދުތައް ސަރުކާރުގެ ބަޖެޓުގައި ނެތް ކަމަށެވެ.

"ފަސް އަހަރާ ހަމައަށް ދާންވާއިރަށް 5،000 އާ ސިފައިން ތިބެން އެބަޖެހޭ، 5،000 އާ ސިފައިން ތިބެން ޖެހޭއިރު އަޅުގަނޑު ދެންމެ ހިސާބެއްކޮށްލީ. ސިފައިން ކެޑޭޓުން ގޮތަށް ފުރަތަމަ މި ވައްދާ މީހުން 13،000 ރުފިޔާގައި މި ވައްދަނީ، ފުރަތަމަ މި އޮންނަ ޓްރެއިނިން ޕްރޮގްރާމް ނިމުނީމާ 15،500 ލިބެނީ. އެއްހާސް މީހުންނަށް އެއް އަހަރަށް މި ޖެހެނީ 186 މިލިއަން،"

ކުރީގެ ރައީސް ޔާމީން

ޔާމީން ވިދާޅުވީ ގާތް ގަނޑަކަށް ދެ މިލިއަން ސިފައިންނަށް ޚަރަދުވާއިރު، 1000 ފުލުހުން ނަގާނަމަ، ފުލުހުންގެ ބަޖެޓު ވެސް އެ އަދަދަށް އަރާނެ ކަމަށެވެ.

"ކޮންތާކުންހޭ މި ދެކޮޅު ޖައްސަނީ؟ މިހާރު މަޖިލިސްގެ ގިނަ މެންބަރުން މި ކުރާ ޝަކުވާއަކީ ބަޖެޓެއްގެ ނަންބަރުތަކެއް ފޮނުވާފައި އޮތީއޭ. ނަންބަރަކީ ހަމަ ބަޖެޓު ނަންބަރު. އެއީ އެޗީވް ކުރެވޭނެ އެއްޗެއް ނޫން. އޭގެ ތަފުސީލްތަކެއް ދޭން ޖެހޭ. އޭގެ ތަފުސީލުތައް ދިނީމާ އެނގޭނީ މިއީ އެޗީވެބުލް އެއްޗެއްތޯ ނޫންތޯ. އެކަމެއް ނުކުރޭ. 

ކުރީގެ ރައީސް ޔާމީން

ޔާމީން މިހެން ވިދާޅުވެފައިވާއިރު، ކިޔެވުމުގެ ފުރުޞަތު ނެތް ނުވަތަ ވަޒީފާއެއް ނެތް ކޮންމެ ޒުވާނަކު ސަލާމަތީ ބާރުތަކުގެ ތަމްރީނުތަކުގައި ބައިވެރިކުރެވޭނެ ގޮތަށް، ޤައުމީ ޚިދުމަތުގެ ނިޒާމެއް ތަޢާރަފްކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.