މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު)
ހަބަރު
05 Nov 2024 | 15:59
ސަރުކާރުން ދަނީ ބައިތުލްމާލުން ކޮށްފައިހުރި ވައްކަންތައް ރިކަވަރ ކުރުމަށް ގާނޫނުތައް ހަދަމުން: އިބްރާޙީމް

އަދުގެ ސަރުކާރުން އަންނަނީ، ދިވެހިންނަށް ގެއްލިފައިހުރި ފައިސާއާއި، ދިވެހިންގެ މުދަލާއި ބައިތުލްމާލުން ކުރެވުނު ވައްކަންތަކުން ގެއްލިފައުވާ ފައިސާ ހޯދުމަށް އެކިއެކި ގާނޫނުތަކަށް ބަދަލު ގެންނަމުން ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މަގާމުތަކުގައި ތިބެ ހޯދާފައިވާ ނުޙައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުން ފަސޭހަވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅިފައިވާ ބިލަށް ބަހުސް ކުރައްވަމުން، އިއްބެ ވިދާޅުވީ މީގެ ކުރިންވެސް އެކިއެކި މިނިވަން މުއައްސަސާ ތަކުގެ ބޭފުޅުންގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިގެންދިޔަ ތަން މީގެ ކުރިން ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަންކަން ބެލުނުތަން ފެނިފައިވާ ނުވާ ކަމަށެވެ. 

އެ ދައުރު ނިމި، މިހާރު މިއޮތީ ދިވެހިންގެ ރާއްޖެއަށް އާދެވިފައި. އަދުގެ ސަރުކާރުން މިކުރަމުންދާ ކަމަކީ، ދިވެހިންނަށް ގެއްލިފައިހުރި ފައިސާއާއި، ދިވެހިންގެ މުދަލާއި ބައިތުލްމާލުން ކުރެވުނު ވައްކަންތައް ރިކަވަރީ ކުރުމަށްޓަކައި އެކިއެކި ގާނޫނުތަކަށް ގެނެވޭ ބަދަލުތަކެއް މި ގެނެވެނީ.

މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާޙީމް މުޙައްމަދު (އިއްބެ ޖަނާބު)

”މިއީ، ދިވެހިން ފާއިތުވި 400 އަހަރު ދިވެހިން އެދެމުން އައި ކަމެއް. މުހައްމަދު ފަރީދުގެ ޒަމާނުން ފެށިގެން، މިއަދާއި ހަމައަށް، ބައިތުލް މާލަށް އަތް ބާނައި، ބައިތުލްމާލުން އެކިއެކި ވެރިކަން ނިމިގެން ދިޔައިރުގައި ވައްކަން ކުރި ކަމުގެ ތުހުމަތު މިއޮތީ“ އިއްބެ ވިދާޅުވުއެވެ. 

މިއާއެކު އިއްބެ ވިދާޅުވީ، ރައްޔިތުންގެ މުދަލުން ވައްކަން ކުރާ މީހުންނަކީ ދައުލަތުގެ ދުޝްމަނުން ކަމަށެވެ. އަދި ރައްޔިތުންގެވެސް ދުޝްމަނުން ކަމަށެވެ. 

އިއްބެ ވިދާޅުވިގޮތުގައި، ހުރިހާ ”ޕާޓީތަކެއްގައިވެސް ތިބޭ ވަގުންނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅި ލާމެހިފައިވާ“ ބައެކެވެ. އަދި ވެރިކަންތައް ބަދަލުވި ނަމަވެސް ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުމާއި ވައްކަން ކުރުމުގެ ރޫހަކީ އާދަޔާ ޚިލާފަށް ގަދަޔަށް އޮންނަ އެއްޗެއް ކަމަށެވެ. 

ކަންމިހެން ހުރުމުން، ގާނޫނު ތަކަށް ގެންނަ އިސްލާހުތަކުގެ ހަގީގީ މަގުސަދަކީ ސަރުކާރާއި އަދި އެހެންވެސް ޕާޓީ ތަކުގައި ތިބި އެފަދަ ފަރާތްތަކާމެދު ތަހުގީގު ހިންގައި ފިޔަވަޅު އެޅިގެން ދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ