އިންތިޚާބުގައި ބަލިވީ ބައިބައި ވުމުން: އުމަރު

09 Apr 2019 | 15:07

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހުނީ ބައިބައި ވުމުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިހެން ވިދާޅުވެފައި ވަނީ ފޭސްބުކްގައި މިއަދު އާއްމު ކުރެއްވި ޕޯސްޓެއްގައެވެ. މަޖިލިސް އިންތިޚާބުގެ ނަތީޖާ ނިކުތް ގޮތާއި ބެހޭގޮތުން އުމަރު ގެންދަވަނީ އެބޭފުޅާގެ ޚިޔާލު އެކި ފޯރަމްތަކުގައި ފާޅުކުރައްވަމުންނެވެ.

އެގޮތުން އުމަރު މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފަައިވާ ގޮތުގައި އިދިކޮޅު ޕާޓީތަކަށް ނާކާމިޔާބުވީ އެ ޕާޓީތަކުގެ "ބައި މަދުވުގެން ނޫން" ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން އުމަރު ވިދާޅުފައިވާ ގޮތުގައި މަޖިލިސް އިންތިޚާބުގައި ރާއްޖޭގެ 63 އިންސައްތަ މީހުން އެމްޑީޕީއަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އެމްޑީޕީއަށް ނޫނެކޭ ބުނި މީހުންގެ އަދަދު ކަމަށް އުމަރު ކަނޑައެޅުއްވި 63 ޕަސެންޓަކީ އެމްޑީޕީ ނޫން ކެންޑިޑޭޓުންނަށް ވޯޓު ދެއްވި މީހުންގެ އަދަދެވެ.

މީގެ އިތުރުން އުމަރު ވަނީ ރާއްޖޭގެ ކަންކޮޅުތަކުގައި ތިއްބެވި "ދީނާއި ގައުމީ ފިކުރުގެ" ރައްޔިތުންގެ ސަފުތައް އާ ލީޑާޝިޕެއްގެ ދަށުން ރުކުރުވާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް

Advertisement