ރިޕަބްލިކަންސް ގެ ކެނޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް-- ފޮޓޯ: ގެޓީ އިމޭޖަސް
ދުނިޔެ
06 Nov 2024 | 11:37
އެމެރިކާގެ ސެނެޓްގެ މެޖޯރިޓީ، އިދިކޮޅު ޕާޓީ ރިޕަބްލިކަންސް އަށް

އެމެރިކާގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ޕާޓީ، ރިޕަބްލިކަންސް އިން އެމެރިކާގެ ސެނެޓް ގެ މެޖޯރިޓީ ހޯދައިފިއެވެ.

ވެސްޓް ވާޖީނިއާ އާއި އޮހައިއޯ އިން މެޖޯރިޓީ ލިބުމާއިއެކު، ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓް އަދި އެގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕާޓީއަށް އަންނަ އަހަރު އެގައުމުގެ ކޮންގްރެސްގެ އެއް ޗެމްބަރުގެ ކޮންޓްރޯލް ލިބޭނެކަން ވަނީ ކަށަވަރުވެފައެވެ.

އެމެރިކާގެ ސެނެޓް ކާމިޔާބުކުރުމަށް 50 ގޮނޑި ބޭނުންވާއިރު، އަންނަ އަހަރުގެ ކޮންގްރެސްގައި ރިޕަބްލިކަންސް އަށް 51 ގޮނޑި އަދި ޑިމޮކްރެޓްސް އަށް 42 ގޮނޑި ލިބޭނެކަމަށް ވަނީ ޔަގީން ކުރެވިފައެވެ.

މިއާއިއެކު، ޓްރަމްޕް ވެރިކަމަށް ހޮވިއްޖެނަމަ ކޮންޒަވޭޓިވް ފަނޑިޔާރުންނާއި ސަރުކާރުގެ އެހެން މުވައްޒަފުން އައްޔަން ކުރުމަށް ޓްރަމްޕަށް އެހީތެރިވެދިނުމަށް ވަރަށް ބޮޑު ލުޔަކަށް ވެގެންދާނެއެވެ. މިއާއި ޚިލާފަށް ޓްރަމްޕާއި ވާދަކުރާ، އެގައުމުގެ ނައިބު ރައީސާ ކަމަލާ ހެރިސް ކާމިޔާބު ވެއްޖެނަމަ، އެކަމަނާގެ އެޖެންޑާ ތަންފީޒު ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ސެނެޓް ރިޕަބްލިކަންސް އިން ކާމިޔާބު ކުރިިއިރު، އެގައުމުގެ އައު ރައީސް ހޮވުމަށް ކުރިއަށްދާ އިންތިހާބުގެ ނަތީޖާ މިހާތަނަށް ދައްކާގޮތުން ކުރީގައި އުޅެނީ ޓްރަމްޕެވެ. މިގޮތުން ޓްރަމްޕަށް 247 އިލެކްޓޯރަލް ވޯޓު ލިބިފައިވާއިރު، ހެރިސް އަށް ލިބިފައިވަނީ 210 އިލެކްޓޯރަލް ވޯޓެވެ.

އެގައުމުގެ ރައީސް ކަމަށް އިންތިހާބުވުމަށް 270 އިލެކްޓޯރަލް ވޯޓް ބޭނުންވާއިރު، މި ނަތީޖާއާއި އެކު ޓްރަމްޕް އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް އައްޔަނުވުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު އަންނަނީ ލަފާކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.