ކަމަލާ ހެރިސް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
07 Nov 2024 | 09:54
ހެރިސް ބަލި ގަބޫލުކުރައްވައިފި؛ ވިދާޅުވީ މިއީ އަދި ނިމުން ނޫން ކަމުގައި

އިއްޔެ ކުރިއަށްދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބޭނުންވާގޮތަށް ނުލިބުނު ނަމަވެސް އެ ނަތީހާ ގަބޫލުކުރައްވާކަމަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި އެގައުމުގެ ނައިބު ރައީސާ ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

މި އިންތިހާބުގައި އިދިކޮޅު ރިޕަބްލިކަން ކެންޑިޑޭޓް، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 295 އިލެކްޓޯރަލް ވޯޓު ލިބުނުއިރު ޑިމޮކްރެޓިކް ކެންޑިޑޭޓް ކަމަލާ ހެރިސްއަށް ލިބިވަޑައިގަތީ 226 އިލެކްޓޯރަލް ވޯޓެވެ.

އެގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާކުރަން ބޭނުންވަނީ 270 އިލެކްޓޯރަލް ވޯޓު ބޭނުންވާއިރު، މި ނަތީޖާ އާއި އެކު ޓްރަމްޕް މި ވަނީ ދެވަނަ ފަހަރަށް އެގައުމުގެ ރައީސްކަން ކުރައްވާނެކަން ކަށަވަރުކޮށްފައެވެ.

ހެރިސް އެކަމަނާގެ ސަޕޯޓަރުންނާއި މުޚާތަބުކުރައްވާ ވިދާޅުވީ، އިންތިޚާބީ ރައީސް، ޓްރަމްޕަށް ގުޅައި މަރުހަބާ ވިދާޅުވިކަމަށާއި، ވެރިކަން ޓްރަމްޕާއި ހަވާލުކުރާއިރު، ވީހާވެސް ސުލްހަވެރިކަމާއިއެކު ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވާފައިވާކަމަށެވެ.

މިއާއިއެކު ހެރިސް ބުނީ، މި އިންތިޚާބުގެ ބަލި ގަބޫލުކުރެއްވި ނަމަވެސް، އެކަމަނާގެ ކެމްޕޭނާއި ހިސާބަށް ވާސިލްވުމަށް ކުރި މަސައްކަތް ނުނިމޭކަމަށާއި، އެކަމުގެ ބަލި ގަބޫލުނުކުރައްވާކަމަށެވެ.

މިއާއިއެކު ހެރސް ވަނީ އަންހެނުންގެ ހައްގުތަކާއި ބަޑީގެ ހަމަލާތައް ދިނުމާއި ދެކޮޅަށް ވަކާލާތުކުރުމަށް އެކަމަނާގެ ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.