އާއިލާއާ ބެހޭ ކޯޓް
ހަބަރު
07 Nov 2024 | 20:29
ކައިވެނީ ރަނުގެ ގޮތުގައި 85،000 ރުފިޔާ ދެއްކުމަށް ފެމިލީކޯޓުން ހުކުމްކޮށްފި

ކައިވެނީ ރަނުގެ ގޮތުގައި 85،000 ރުފިޔާ ނުދައްކައިގެން އާއިލާއާ ބެހޭ ކޯޓުން އެންމެފަހުން އެ ރަން ދެއްކުމަށް ފިރިހެން މީހާގެ މައްޗަށް ހުކުމްކޮށްފިއެވެ.

ފެމިލީކޯޓުން މިދިޔަ މަހު ކުރި އެ ހުކުމަށް ބަލާއިރު، މައްސަލައިގަ ހިމެނޭ ދެމީހުން ކައިވެނި ކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖޫނމަހުގެ 2 ވަަަަނަ ދުވަހުއެވެ. އަދި ދެމީހުންްގެ ވަަކިވެ، ވަރި ސާބިތުކޮށްފައިވަނީ، މިއަހަރުގެ ފެބުރުއަރީމަހުގެ 19 ވަނަ ދުވަހުއެވެ.

ކައިވެނީގެ ރަނަށްވާ ފައިސާ ދީފައިނުވާތީ އަންހެންމީހާ ފެމިލީކޯޓަށް ހުށަހެޅި މައްސަލާގައި، އަންހެންމީހާ ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، ރަންކިއުމަށްފަހު އިނދެގެން އުޅުނު ދުވަސްތަކުގައި ރަން ދީފައި ނުވާއިރު، އެއްވެސް ހަރަދެއްވެސް ކޮށްފައި ނުވާކަމަށެވެ.

އަންހެން މީހާ ވަނީ ކައިވެނީގެ ރަނަށްވާ 85،000 ރުފިޔާ އެއްފަހަރާ ހޯދުމަށް އެދިފައެވެ. އޭނާ ބުނީ ރަނަށް އެދިފައިވާ އަދަދު އެއްފަހަރާ ދޭން އުނދަގޫ ނުވާނެ ކަމަށާއި، އޭނާގެ މަންމަގެ ގޭގެ އެޕާޓްމަންޓުތައް ކުއްޔަށްދީގެން ފައިސާ ލިބޭނޭ ކަމަށެވެ.

މައްސަލަ ރައްދުވާ ފަރާތުން ކޯޓުގައި ވަނީ އެފައިސާއަކީ އެއްފަހަރާ ދެއްކޭނެ އަދަދަކަށް ނުވާތީވެ، ކޮންމެ މަހަކު ވަކިވަރެއް، ކޯޓް މެދުވެރިކޮށް ދެއްކުމުގެ ފުރުސަތަށް އެދިފައެވެ. އެކަމަށް އަންހެންމީހާގެ ފަރާތުން އިއުތިރާޒް ނުކުރުމުން ކޯޓުން ވަނީ އެންމެފަހުން ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހުން ފެށިގެންް ކޮންްމެ މަަހަަކު 8،500 ރުފިޔާގެ މަގުން ފެމިލީކޯޓަށް ދައްކައި 10 މަސަްދުވަހުގެ ތެރޭގައި ރަނުގެ ފައިސާއަށްވާ 85،000 ރުފިޔާ ދައްކައި ހަލާސްކުރުމަށް އަމުރުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.
15 Sep 2026
ޕީއެންސީ މަތީ މަޖިލިސް ފަށައިފި
މި ހަރަކާތުގައި ކައުންސިލްތަކުގެ ޕީއެންސީ ރައީސުންނާއި، އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުންގެ އިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވާނެއެވެ.