ރަހީނުކުރިކަމުގެ ތުހުމަތު ކުރެވޭ މީހުން ފުލުހުން ހައްޔަރުކޮށްފައި.. ފޮޓޯ/ވޮއިސް
ހަބަރު
07 Nov 2024 | 22:35
ރަހީނުކުރި މީހާ ފުލުހުންނަށް ސަލާމަތްކުރެވުނީ ހަމަ ކިރިޔާ. އެމީހުން އުޅުނީ އޭނާގެ އިނގިލި ބުރިކޮށްލަން: ފުލުހުން

ހިޔާ ފްލެޓްގައި ރަހީނުކުރި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.މީހަކު ރަހީނުކޮށްފައިވަނީ ހިޔާ ޓަވަރު 9 ވަނަ ފްލެޓުގައި ހުންނަ އެޕާޓްމަންޓެއްގައެވެ.

ފުލުހުން ބުނީ މި ކަމެއް ހިނގީ މިރޭ 19:40 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ޓަވަރު 9 ގެ 20 ވަނަ ފަންގިފިލާގައި ހުންނަ 11 ވަނަ އެޕާޓްމަންޓްގައެވެ. މިކަމާގުޅިގެން ފުލުހުން ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ.

މި ހާދިސާގައި ރަހީނުކޮށްފައިވަނީ، ފިރިހެނެކެވެ. ރަހީނުކުރުމުގައި ބައިވެރިވި މީހުން، ރަހީނުކުރި މީހާގެ ބޮލުގެ އިސްތަށިގަނޑު ކޮށާލައި އޭނާއަށް ޖިސްމާނީގޮތުން އަނިޔާދިނުމަށް ވަނީ މަސައްކަތްކޮށްފައެވެ. މިގޮތުން ފުލުހުން އެޕާޓްމަންޓް ދޮރު ހަލާކުކޮށްލައިގެން ވަތްއިރު، އެމީހުން ތައްޔާރުވަމުންދިޔައީ ރަހީނުކުރި މީހާގެ އިނގިލި ބުރިކޮށްލަން ކަމަށް ފުލުހުން ބުންޏެވެ.

ވޮއިސްގެ ނޫސްވެރިން އެ އެޕާޓްމަންޓަށް ވަތްއިރު، އެމީހުން ތިބީ ސަފަކަށް ވާގޮތަށް ފޮޓޯއިން ފެންނަހެން ބިޑިއަޅުވާފައެވެ. އޭރު އަނިޔާ ލިބުނު މީހާވެސް އެމީހުންނާ ވަކިކޮށްފައި ހުއްޓެވެ.

ރަހީނުކުރުމުގައި ބައިވެރިވި މީހުން، ރަހީނުކުރި މީހާގެ ބޮލުގެ އިސްތަށިގަނޑު ކޮށާލާފައި.. ފޮޓޯ/ވޮއިސް

މި މައްސަލާގައި ފުލުހުން ވަނީ 12 މީހެއްގެ އަތުގައި ބިޑިއަޅުގައި ފުލުހުންގެ ހައްޔަރުގައި އެ އެޕާޓްމަންޓުގައި ބަހައްޓާފައެވެ. ކޯޓް އަމުރު ލިބުނުހާ އަވަހަކަށް އެމީހުން އެތަނުން ގެންދާނޭކަމަށް ފުލުހުން ބުނެއެވެ.

އިތުރު ތަފްސީލް އަންނަނީ..

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.