ސުނީތާ ވިލިއަމްސް ޖައްވީ ސްޓޭޝަނުގައި
ހަބަރު
09 Nov 2024 | 09:51
ޖައްވީ ސްޓޭޝަނުގައި ތާށިވެފައި ހުރި ސުނީތާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ސުވާލު އުފެދިއްޖެ!

އިންޓަރނޭޝަނަލް ޖައްވީ ސްޓޭޝަނުގައި ތާށިވެފައި ތިބި ދެ އެސްޓަނޯޓުންގެ ތެރެއިން ސުނީތާ ވިލިއަމްސްގެ ސިއްހީ ހާލަތާ ގުޅޭގޮތުން ސުވާލު އުފެދިއްޖެއެވެ.

އުމުރުން 59 އަހަރުގެ ސުނީތާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ސުވާލުއުފެދިފައިމިވަނީ، މިފަހަރުން މިފަހުން ޖައްވީ ސްޓޭޝަނަށް ދިޔަ ދެ އެސްޓަރނޯޓުންކަމަށްވާ ބެރީ ވިލްމޯ އަދި ސުނީތާ ވިލިއަމްސްގެ އެންމެ ފަހުން ނަގާފައިވާ ފޮޓޯތައް އާއްމުވުމާ ގުޅިގެންނެވެ. ޖައްވީ ސްޓޭޝަންގައި ތާށިވެ، އެ ދެ އެސްޓަރނޯޓުން ބިމަށް ނާދެވިފައިތިބޭތާ މިހާރު ހަތަރުމަހަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.

ބޮއިން ސްޓާލައިނާގައި އެ ދެ އެސްޓަރނޯޓުން ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަނަށް ފޮނުވާލީ މިއަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. އޭރު ތާވަލްކޮށްފައި އޮތީ 8 ދުވަހުގެ ތެރޭގައި އެނބުރި ބިމަށް އަންނަ ގޮތަށެވެ. ނަަމަވެސް އެ ދެ އެސްޓަރނޯޓުންނަށް އާދެވިފައިނުވަނީ، ދަތުރުކުރި އުޅަނދަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ނުކުރެވިގެންނެވެ. 

އެމެރިކާގެ ޖައްވީ އިދާރާއި ބުނާގޮތުގައި ކަންކަން މިހާރު ގޮސްފައިވާ ހިސާބަށް ބަލާއިރު، އެންމެ އަވަސްވެގެންވެސް އެ ދެ އެސްޓަރނޯޓުން އެނބުރި ބިމަށް އާދެވޭނީ އަންނަ އަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ. ނާސާއިން ބުނެފައިވަނީ، އެ ދެ އެސްޓަރނޯޓުންނަށް ވާވަރަށް ޖައްވީ ސްޓޭޝަނުގެ ސްޓޮކްގައި ކާނާގެ ބާވަތްތަކާއި ފެނާއި އެނޫންވެސް ތަކެތި ހުންނާނޭ ކަމަށެވެ.

ނަމަވެސް މިފަހުން ނާސާއިން އާއްމުކުރި ފޮޓޯތަކުގައި ސުނީތާ މާބޮޑަށް އަނަރޫފަވެފައި ހުރުމުން އެސްޓަރނޯޓުންގެ ސިއްހީ ހާލަތާމެދު ކަންބޮޑުވާކަމަށް ގިނަ ފަރާތްތަތަކުން ވަނީ ބުނެފައެވެ. މިކަމާ ގުޅޭގޮތުން ނާސާގެ އޮފިޝަލަކު ވިދާޅުވެފައިވަނީ، ޖައްވުގައި ތާށިވެފައިތިބި އެސްޓަރނޯޓުންގެ ސިއްހީ ކަންކަމަކީ މިވަގުތު އެ އިދާރާއިން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށާއި، ސުނީތާގެ ހާލަތު ގަވާއިދުން ބަލަމުން އަންނަ ކަމަށެވެ. 

ބިމާއި ހިލާފަށް ޖައްވުގައި ގާއިމްވެތިބޭއިރު، އާއްމު މިންގަނޑާ ހިލާފަށް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންކުރާ ކެލަރީގެ އަދަދު އިތުރުކުރަންޖެހެއެވެ. އެހެން ނޫންނަމަ ބަރުދަން ލުއިވުމާއި ހަމުގެ މައްސަލަތަށް ވަރަށް އަވަހަށް ދިމާވެއެވެ. ހާއްސަ ގޮތެއްގައި މިކަމުގައި އެންމެ އަވަހަށް ބަދަލުތައް އަންނަން ފަށަނީ އަންހެނުންނަށް ކަމަށް ނާސާގެ ހޯދުންތަކުގައި ބަޔާންކޮށްފައި ވެއެވެ. 

ނާސާގެ މިޝަނެއްގައި މިފަހަރު އިންޑިއާގެ ދަރިކޮޅަށް ނިސްބަތްވާ ސުނީތާ ޖައްވަށް ދިޔައީ ޕައިލެޓެއްގެ ގޮތުގައެވެ. އަނެއް އެސްޓަރނޯޓް ބެރީއަކީ ކޮމާންޑަރެވެ.

މިފަހަރު ޖައްވީ ސްޓޭޝަނަށް ދިއުމަށް ދަތުރު ފެށުމުގެ ކުރިންވެސް އެތައް ފަހަރަކު ބޮއިންގެ ސްޓާލައިނާގައި މައްސަލަތައް ޖެހުނެވެ. ނަމަވެސް އެންމެފަހުން ސްޓާލައިނާ ފުރުވާލީ ޖެހުނު މައްސަލަތައް ހައްލުކޮށްގެންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.