ޔަހޫދީން ހަމަލާދީ ޣައްޒާގެ އިމާރާތެއް ބިމާއި ހަމަކޮށްލާފައި-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
10 Nov 2024 | 10:28
ޣައްޒާގެ ގަތުލުއާއްމު ހުއްޓުވުމަށް މެދުވެރިއެއްގެ ރޯލު ކުޅުން ޤަތަރުން ހުއްޓާލައިފި

ޣައްޒާގައި ނިރުބަވެރި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާއްމު ހުއްޓުވުމަށްޓަކައި މެދުވެރިއެއްގެ ދައުރު ކުޅުން ހުއްޓާލުމަށް ޤަތަރުން ނިންމައިފިއެވެ.

ޤަތަރުން އެގައުމުގެ ނިންމުން ހަމާސް އާއި އިސްރާއީލަށް އަންގާފައިވާއިރު، އެގައުމުން ބުނީ، ގަތުލުއާއްމު ހުއްޓާލުމާއި ބެހޭ ވާހަކަތަކަށް ދެ ފަރާތުންވެސް ސީރިއަސްކަމާއިއެކު މަޝްވަރާކުރަން ބޭނުންކަމަށްވާނަމަ އަލުން މެދުވެރިއަކަށް ވާނެކަމަށެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކުރާ ގޮތުގައި ޔަހޫދީންގެ މަދަދުވެރި އެމެރިކާއިން ވަނީ ޤަތަރުން ހަމާސް ޖަމާއަތުގެ ބޭފުޅުން ބޭރުކުރުމަށްޓަކައި އެދިފައިވާކަމަށާއި، މި މެސެޖް ޤަތަރުން ހަމާސް އަށް ފޯރުކޮށްދީފައިވާކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިން އެހެން އޮފިޝަލަކު ވެސް ވިދާޅުވިގޮތުގައި، ގަތުލުއާއްމުގެ މަޝްވަރާތައް މަޑުޖައްސާލާފައިވުމާއިއެކު، އެތަނުގައި ހުންނަ ހަމާސްގެ ސިޔާސީ އޮފީހުގެ ބޭނުމެއްނެތް ކަމަށް ޤަތަރުންވެސް ވަނީ ނިންމާފައެވެ.

މިކަމާއި ގުޅޭގޮތުން ހަމާސް އިން ބުނީ، ހަމާސްގެ ތިން އޮފިޝަލަކު ވިދާޅުވީ އެ ޖަމާއަތުގެ ލީޑަރުންނަށް ޤަތަރުން މަރުހަބާ ނުކިޔާކަމަށް އެގައުމުން އެ ޖަމާއަތަށް އަންގާފައިނުވާ ކަމަށެވެ.

އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން 2012 ވަނަ އަހަރުން ފެށިގެން ގަތަރުން ހަމާސްގެ ސިޔާސީ ލީޑަރުންނަށް ހޯސްޓްކޮށްފައިވާއިރު، އެ ޖަމާއަތް ޤަތަރުގައި ތިބުމުގެ ސަބަބުން ޣައްޒާގެ ގަތުލުއާއްމާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ފަސޭހައިން މަގުފަހިވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.