ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ރައީސް ޑރ.މުއިއްޒު ތަގުރީރުކުރައްވަނީ
ހަބަރު
11 Nov 2024 | 19:58
ފަލަސްތީނު ހައްގުގައި މާނަހުރި ބަދަލުތަކެއް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ.މުއިއްޒު ގޮވާލައްވައިފި

ފަލަސްތީނު ހައްގުގައި މާނަހުރި ބަދަލުތަކެއް ގެނެސް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް ޑރ.މުއިއްޒު މި ބީދައިން ގޮވާލެއްވީ ސައުދީ އަރަބިއްޔާގެ ރިޔާޛުގައި ފެށި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓު ހުޅުވުމުގެ ގޮތުން މިއަދު ތަގުރީރު ކުރައްވަމުންނެވެ. މި ސަމިޓްގައި ދެއްވި ތަގުރީރުގައި ރައީސް ޑރ.މުއިއްޒު ވަނީ، ވަރަށް ސީދާ ގޮތެއްގައި ފަލަސްތީނުގެ މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަޔާންކޮށްދެއްވާފައެވެ. 

ރައީސް ވިދާޅުވީ ފަލަސްޠީނުގެ ޙައްޤުގައި މާނަހުރި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. މިގޮތުން މުސްލިމް އަދި ޢަރަބި ޤައުމުތަކުން ފަލަސްޠީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އެތައް ޒަމާންތަކެއް ވަންދެން ދިގުލައި ގޮސްފައިވާ އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭކަން ފާހަގަކުރައްވައި، ރައީސް ވަނީ "ފުދިއްޖެ" ކަމަށާއި، "ދެން އިތުރަށް އެކަން ބަރުދާސްތުކުރުމެއް ނެތް ކަމަށް ތަގުރީރުގައި ހަރުއަޑުފުޅުން ވިދާޅުވެފައެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް މުއިއްޒު ވަނީ، އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަން ފާހަގަކުރައްވާފައެވެ.

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ތެރެއިން.. 

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ އަނިޔާވެރި އިސްތިޢުމާރީ އަޅުވެތިކަމާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމު ކުށްވެރިކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ 75 އަހަރު، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އދގެ ޖަމިއްޔާ (ޔޫ.އެން.އާރް.ޑަބްލިއު.އޭ.)، އިޒްރޭލުން ރޫޅާލިރޫޅާލުންވެސް ކުށްވެރިކުރައްވާފައެވެ.

އެއީ އިންތިހާއަށް މުހިންމު ޖަމިއްޔާއެއް ކަމަށާ، އެ ޖަމިއްޔާއަށް ބޭނުންވާ އެހީ ދިނުމުގައި ދެމިތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.މިމައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަރަކާތްތެރިކަމާއި އަޅާލުންކުޑަކަމާއި، ވަކިން ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޢަމަލުތައް ފާހަގަކުރައްވައި، ވީޓޯގެ ބާރުބޭނުންކުރުމުގެ ސަބަބުން މާނަހުރި ފިޔަވަޅުތަކަށް ހުރަސްއެޅި، ހަނގުރާމައިގެ ޖަރީމާތަކާއި ހަތިޔާރު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި އެއްބައިވަންތަކަން މި ސަމިޓުން ދައްކުވައިދީފައިވާކަން ފާހަގަކުރައްވައި، މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި މުސްލިމް އަދި ޢަރަބި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށެވެ. މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރަތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް