އެސްޓީއޯއިން ކާޑުގެ ބާވަތްތައް ދޯންޏަކަށް ސަޕްލައިކުރަނީ.. ފޮޓޯ/ އެސްޓީއޯ
ރިޕޯޓް
12 Nov 2024 | 11:29
ބަޖެޓުން އެންމެ ފާހަގަކޮށްލެވެނީ، ސަބްސިޑީ ދޭ އުސޫލަށް ގެންނަ ހެޔޮ ބަދަލު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ ސަބްސިޑީ ދެމުން އަންނަ އުސޫލަށް ގެނައުމަށް ނިންމާފައިވާ ބަދަލެވެ. ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލުގެ ބާވަތްތަކަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީ ދެމުން އަންނައިރު، މިހާރު ސަބްސިޑީއަށް ވާ ފައިސާ ސަރުކާރުން ދެނީ ސީދާ އެސްޓީއޯއަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެކަން ކުރުމަށް ނިންމާފައިވާ ގޮތް ހާމަކުރަމުން ބަޖެޓާގުޅޭ މައުލޫމާތު ފޮތުގައި ސަރުކާރުން ބުނެފައިވަނީ، އިންޑައިރެކްޓް ސަބްސިޑީގެ ހަރަދަކީ އަންނަ އަހަރާއި މެދުރާސްތާގެގައި އެންމެ ބޮޑު ބަދަލެއް އަންނާނޭކަމަށް ބެލެވޭ ހަރަދު ކަމަށެވެ. އެގޮތުން އަންނަ އައަހަރުގެ އޭޕްރިލްމަހުން ފެށިގެން ކަރަންޓް، ތެޔޮ، ކާޑު އަދި ނަރުދަމާގެ ހިދުމަތަށް ދެމުންދާ އިންޑައިރެކްޓް ސަބްސިޑީގެ ބަދަލުގައި ޓާގެޓެޑް، ޑައިރެކްޓް ކޭޝް ޓްރާންސްފަރ ނިޒާމަކަށް ބަދަލުކޮށް ތަންފީޒުކުރުމަށް ރާވާފައިވާކަމަށެވެ.

ސަރުކާރުން ބުނީ މިގޮތަށް ނިޒާމް ބަދަލުކުރުމުން އިޖުތިމާއީ ރައްކާތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތައް ފުރިހަމަޔަށް ހިމާޔަތްކުރެވި، ސަބްސިޑީ ލިބެމުންދާނީ އެންމެ ފުދުންތެރި ގޭބިސީތައް ފިޔަވައި އެހެން ހުރިހާ ގޭބިސީތަކަށް ކަމަށެވެ.

ސަރުކާރުން ލަފާކޮށްފައިވަނީ ސަބްސިޑިއަށް ގެންނަ ހެޔޮ ބަދަލާއެކު އަންނަ އަހަރުގެ ބަޖެޓުން 1.6 ބިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

އިންޑައިރެކްޓް ސަބްސިޑީއަށް ހިނގާ ހަރަދު ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ހޭދަކޮށް އަދި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް މިއަހަރުގެ ބަޖެޓްގައިވެސް، މި ނިޒާމަށް ބޮޑެތި އިސްލާހްތަކެއް ގެނައުމަށް ރާވާފައި ވެއެވެ.

އަންނަ އަހަަރު ކާޑު، ތެޔޮ، ކަރަންޓް އަދި ނަރުދަމާގެ އިންޑައިރެކްޓް ސަބްސިޑީތަކުގެ ބަދަލުގައި ސީދާ ގޭބިސީތަކަށް ފައިސާ ދިނުމަށް ސަރުކާރުން ވަނީ ބަޖެޓްގައި 900 މިލިއަން ރުފިޔާ ހިމަނާފައެވެ.

މިހާރު ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށާއި ހޮޓާ އަދި ރެސްޓޯރެންޓްތަކުގެ އިތުރުން އެނޫންވެސް ވިޔަފާރީގެ އުސޫލުން ހިދުމަތް ދެމުންދާ ތަންތަނަށް ސަބްސިޑީ އަގުގައި ކާޑުގެ ބާވަތްތައް ގަނެވޭއިރު، އަންނަ އަހަރުގެ އޭޕްރިލްމަހުން ފެށިގެން އެގޮތް ބަދަލުވެގެން ދާނެއެވެ. 

ކާޑުގެ ސަބްސިޑީ މިހާރު ދެމުން އަންނަ އުސޫލަށް ބަދަލުގެނައުމަށް މީގެ ކުރިން އެކިފަހަރުމަތިން، އައިއެމްއެފް/ވަރލްޑް ބޭނުންކުން ވަނީ ރާއްޖެއަށް ލަފާދީފައެވެ. ނަމަވެސް މިހާތަނަށް އަދި އޮތީ އެކަން ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ
21 Sep 2026
ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި 6 މީހުންނަށް ދައުވާކުރަން ފޮނުވައިފި
ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ހަ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް (ޕީޖީ) ފޮނުވައިފިއެވެ.