އިންޑިއާގެ މަނިޕޫރުގައި މީގެކުރިން ހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
12 Nov 2024 | 13:36
އިންޑިއާގެ މަނިޕޫރުގައި ބަދަލުކުރި ހަމަލާތަކެއްގައި 10 މީހުން މަރައިލައިފި

އިންޑިއާގެ ހުޅަނގުއުތުރުގައި އޮންނަ އޮންނަ ސްޓޭޓެއް ކަމަށްވާ މަނިޕޫރުގައި ފުލުހުންގެ އިދާރާއަކަށް ހަމަލާދޭން އުޅުނު ހަތިޔާރު އެޅި ބަޔަކާއި ސަލާމަތީ ބާރުތަކާއި ދެމެދު ބަދަލުކުރި ހަމަލާތަކެއްގައި 10 މީހުން މަރުވެއްޖެއެވެ.

ހޯމަ ދުވަހުގެ ހަމަލާދިން މީހުންނަކީ "ހަތިޔާރު އެޅި ހަނގުރާމަވެރިން" ކަމަށް ސްޓޭޓް ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނެފައިވާއިރު،  ސަލާމަތީ ބާރުތަކާއި ފުލުހުން ވަރުގަދައަށް ރައްދުދީ ގާތްގަނޑަކަށް 45 މިނެޓުގެ ވަރުގަދަ ބަޑިޖެހުމަށް ފަހު ހާލަތު ކޮންޓްރޯލް ކުރިކަމަށް ވެސް ބަޔާނުގައި ވެއެވެ.

މި ހާދިސާގައި ސެކިއުރިޓީ އޮފިސަރަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެގައުމުގެ ފުލުހުން މައުލޫމާތުދެއެވެ.

މަނިޕޫރުގެ ޖިރިބާމް ޑިސްޓްރިކްޓްގެ ޑެޕިއުޓީ ކޮމިޝަނަރު ކްރިޝްނާ ކުމާރު ވިދާޅުވީ، އުމުރުން 31 އަހަރުގެ ކުކިސް ދަރިކޮޅަށް ނިސްބަތްވާ އަންހެނަކު އަންދާލައި މަރާލުމާއި ގުޅިގެން އެ ސަރަހައްދުގައި ފާއިތުވި ދުވަސްތަކުގައި ހަމަނުޖެހުން ބޮޑުވެފައިވާކަމަށެވެ.

މަނިޕޫރުގައި މިދިޔަ އަހަރުން ފެށިގެން ހަމަނުޖެހުންތަކެއް ހިނގަމުން އަންނައިރު، އެ ސަރަހައްދުގެ ދަރިކޮޅެއް ކަމަށްވާ ކުކިސް އަށް ވެސް ލިބޭ ސަރުކާރުގެ ވަޒީފާތަކާއި ތައުލީމުގެ ހާއްސަ އިގްތިސާދީ ފައިދާތަކާއި ކޯޓާތައް މެއިޓީ ދަރިކޮޅަށް ވެސް އިތުރު ކުރުމަށް ކޯޓަކުން ސްޓޭޓް ސަރުކާރަށް އަމުރު ކުރުމުން މެއިޓީ ކޮމިއުނިޓީ އާއި ގަބީލާ ކުކީން އާއި މެދު މައްސަލަތައް ބޮޑުވެގެން ދިޔައެވެ.

3.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ސްޓޭޓް 2023 ވަނަ އަހަރުގެ މެއި މަހު ކުރިމަތިލުން ފެށުނު ފަހުން ވަނީ ދެ ސަރަހައްދަކަށް ބެހިފައިވާއިރު، އެ ސަރަހައްދުތައް ވަކިކޮށްފައިވަނީ ފެޑެރަލް ޕެރަމިލިޓަރީ ފޯސްތަކުން މޮނިޓަރ ކުރާ އިމަކުންނެވެ.

މިހާތަނަށް މި ހަމަނުޖެހުންތަކުގައި 250 މީހުން މަރުވެފައިވާއިރު، 6،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރުވަނީ ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
‏މަނީ އެކްސްޗޭންޖަރުންނަށް ފައިސާ ފޯރުކޮށްދެނީ ޑޮލަރުން އާމްދަނީ ލިބޭ މަޝްހޫރު ރިސޯޓުތަކުން: އިޙްސާން
ކަޅުބާޒާރުގައި ޑޮލަރު މާރުކުރާ ފަރާތްތަކަށް ބޭރު ފައިސާ ފޯރުކޮށްދެނީ ރާއްޖޭގެ ބޮޑެތި ރިސޯޓުތަކާއި ޑޮލަރުން އާމްދަނީ ހޯދާ ވިޔަފާރިތަކުން ކަމަށް ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
24 Aug 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ތަންތަން ބަލައި، އެއްތަން ބަންދުކޮށްފިން
ވަޒީރުންގެ މަޖިލީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، މެދު އިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވި ނަމަވެސް، ރާއްޖެއަށް ބޭރު ފައިސާ ވަންނަ ނިސްބަތް %1 އިތުރުވެފައިވާ ކަމަށެެވެ. އަދި ދަތި ތަކާއެކުވެސް ރާއްޖޭގެ ރިޒާވް މަތި ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރެވެމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.