ސަލާމަތީ ބާރުތަކުން މާލެ ބެލެހެއްޓުމުގެ ތެރެއިން-- ފޮޓޯ: ޕޮލިސް
ހަބަރު
12 Nov 2024 | 15:15
ފުލުހުންނާއި ސިފައިންގެ ސިއްހީ ވެލްފެއާ ނިޒާމްގެ ބަދަލުގައި، ޕްރައިވެޓް އިންޝުއަރެންސް ހަމަޖައްސަނީ

ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލައި، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

ސަރުކާރުން ގެޒެޓް ކުރި ދައުލަތުގެ ބަޖެޓްގައިވާގޮތުން، ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ވަނީ ނިންމާފައެވެ.

މިހާރު މި އިންޝުއަރެންސްގައި ވަކި ލިމިޓެއް ނޯންނަކަން ފާހަގަކުރަމުން ސަރުކާރުން ބުނީ، ނަތީޖާއެއްގެ ގޮތުން ކޮސްމެޓިކް ޕްރޮސީޖާތަކާއި ބައެއް ކޮންޒިއުމަބަލްސްވެސް މި ސްކީމުގެ ތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮންނަ ކަމަށެވެ.

އެހެންކަމުން ސަރުކާރުން ވަނީ އެ ސްކީމުގެ ބަދަލުގައި ފުލުހުންނާއި ސިފައިން، އަދި އެމީހުންގެ އާއިލާތަކަށް އެއް ހަމަަކޮށް ޕްރައިވެޓް އިންޝުއަރެންސް ހަމަޖައްސައި، އިންޝުއަރެންސް ހަމަޖެއްސުމަށް ހަރަދުކުރެވޭނެ ވަކި ލިމިޓެއް ކަނޑައެޅުމަށް ނިންމާފައެވެ.

އެހެންނަމަވެސް، ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްހީ ފަރުވާ ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ ހުރިހާ ގެއްލުމަކަށް ދައުލަތުން ފުރިހަމައަށް ހަރަދުކުރާނެކަމަށާއި، މި ބަދަލު އަންނަ އަހަރުގެ ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.
26 Jun 2026
އެންމެ ބޮޑަށް ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ޢާންމު ރައްޔިތުންގެ މުދާ
އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ ދައުލަތާއި ޢާންމު ރައްޔިތުންގެ މުދަލާއި ފައިސާ ކަމަށާ، މީހެއްގެ އަމިއްލަ މުދަލަކަށް ޚިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
26 Jun 2026
ސްވީޑެންގެ ވަޒީރު އީޔޫގެ ބައްދަލުވުމަށް ވަޑައިގަތީ ތިން މަހުގެ ދަރިފުޅު ގޮވައިގެން
މޫސުމީ ސިޔާސަތުތަކާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމަށް ދަރިފުޅު ގެންދެވީ ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީގެ ސިޔާސަތުތަކުގެ ފައިދާ ހާމަކޮށްދެއްވުމަށާއި ވަޒީފާއާއި ޢާއިލީ ޒިންމާތަކުން ކުރެ އެކަތި ޚިޔާރުކުރުމުގެ ބަދަލުގައި ދެކަންވެސް ކުރެވޭނެކަން ދައްކަވައިދެއްވުމަށް ކަމަށް ޕޯރމޮޚްތާރީ ވިދާޅުވިއެވެ.
26 Jun 2026
ގްރޫޕް ޑީން އޮސްޓްރޭލިއާ، އެމެރިކާ އަދި ޕަރަގުއޭ އަނެއް ބުރަށް
މެޗަށް ނިކުތްއިރުވެސް އެމެރިކާ އޮތީ ގްރޫއްޕްގެ އެއްވަނަ މަގާމް ކަށަވަރުކޮށްފައި
26 Jun 2026
ޖަރުމަނު ފަހަތުން އިކުއެޑޯވެސް އަނެއްބުރަށް
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖަރުމަނުގެ މައްޗަށް އިކުއެޑޯ ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ
26 Jun 2026
އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން
ރައީސް ޞާލިޙްގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތެވެ.