ހައްޖުގެ އަޅުކަމަށް މީހުން ފުރުވުމުގެ ކަންކަމުގައި ފުލުހުން އެހީތެރިވަނީ.. ފޮޓޯ/ޕޮލިސް
ހަބަރު
12 Nov 2024 | 18:24
ފުލުހުންގެ ވެލްފެއާ އުވާލުމަށް ނިންމާފައެއް ނުވޭ: ޝިފާން

ފުލުހުންގެ ވެލްފެއާ ނިޒާމު އުވާލުމަށް ދެކެވެމުންދާ ވާހަކަތައް، ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ދޮގުކުރައްވައިފިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ފުލުހުންގެ ވެލްފެއާ ނިޒާމް އިސްލާހުކުރުމަށް ނިންމުމާ ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ފުލުހުންގެ ވެލްފެއާ ނިޒާމު އުވާލުމަށް ނިންމާފައިވާފަދަ މޭރުމަކުން ވާހަކަތައް ދައްކަމުންނެވެ.

މިކަމާ ގުޅިގެން ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފުލުހުންގެ ވެލްފެއާ ނިޒާމް އުވާލުމަށް ނިންމާފައި ނުވާކަމަށެވެ. ޝިފާން ވިދާޅުވީ ސަރުކާރުން ވަނީ ވެލްފެއާ ނިޒާމު ހަރުދަނާކޮށް އިސްރާފް ނުވާނޭފަދަ ގޮތަކަށް އެ ހިދުމަތް ފަރުމާކުރުމަށް ކަމަށެވެ. މިގޮތުން ފުލުހުންނަށް ދެމުންދާ އިނާޔަތެއް ކަނޑާލުމަށް ނިންމާފައި ނުވާކަމަށް ޝިފާން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި މިހާރު ކުރިއަށްދާ ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމުގެ ބަދަލުގައި މުރާޖައާކުރެވިގެން، ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. 

ސަރުކާރުން ވަނީ އެ ސްކީމުގެ ބަދަލުގައި ފުލުހުންނާއި ސިފައިން، އަދި އެމީހުންގެ އާއިލާތަކަށް އެއް ހަމަަކޮށް ޕްރައިވެޓް އިންޝުއަރެންސް ހަމަޖައްސައި، އިންޝުއަރެންސް ހަމަޖެއްސުމަށް ހަރަދުކުރެވޭނެ ވަކި ލިމިޓެއް ކަނޑައެޅުމަށް ނިންމާފައެވެ.

އެހެންނަމަވެސް، ޕްރައިވެޓް އިންޝުއަރެންސްގެ ލިމިޓް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްހީ ފަރުވާ ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަޒީފާ އަދާކުރުމުގެ ތެރެއިން ލިބޭ ހުރިހާ ގެއްލުމަކަށް ދައުލަތުން ފުރިހަމައަށް ހަރަދުކުރާނެކަމަށާއި، މި ބަދަލު އަންނަ އަހަރުގެ ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.