ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން
ހަބަރު
14 Nov 2024 | 17:32
ހިޔާގައި މީހަކު ރަހީނުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި: ފުލުހުން

ހިޔާ ޓަވަރުގައި މިމަހުގެ 12 ވަނަ ދުވަހު މީހަކު ހައްޔަރުކޮށް އިނގިލި ބުރިކޮށްލަން އުޅުނީ މަސްތުވާތަކެތީގެ މުއާމަލާތާ ގުޅޭ މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލަތަކާ ބެހޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ، ހިޔާ ޓަވަރުގައި މީހަކު ރަހީނުކޮށްފައިވަނީ، މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައަކާ ގުޅޭގޮތުން އެމީހުންގެ މެދުގައި އުފެދުނު ދެބަސްވުމަކުން ކަން މިހާތަނަށް ކުރި ތަހުގީގުތަކުން އެނގިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލާގައި ރަހީނުކުރި މީހާ އާއި އެތަނުގައި ތިބި އެހެން މީހުންނާ ގުޅުން އޮތްކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެއީ މަސްތުވާތަކެއްޗާ ގުޅުންހުރި މުއާމަލާތްތައް ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ފުލުހުން ވަނީ، މި މައްސަލާގއި ހައްޔަރުކުރި މީހުންގެ ތެރެއިން ލ. މާވަށަށް ނިސްބަތްވާ އުމުރުން 48 އަހަރުގެ އާދަމް ހުސައިނަކީ ފްލެޓްގެ ވެރިފަރާތް ބުނެފައެވެ. އަދި އެ މައްސަލާގައި އޭނާ ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ. 

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރު 9ގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓް ތެރޭގައި މީހަކު ރަހީނުކުރި މައްސަލާގައި ހިމެނޭ މިހުންގެ ބަންދުގެ މުއްދަތު މިމަހުގެ 9 ވަނަ ދުވަހު ޖަހާފައިވާއިރު، އޭގެ ތެރެއިން 3 މީހެއްގެ ބަންދުގެ މުއްދަތު ވަނީ 5 ދުވަހަށް ޖަހާފައެވެ.އަދި 9 މީހެއްގެ ބަންދުގެ މުއްދަތުގެ ގޮތުގައި ވަނީ 7 ދުވަސް ޖަހާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.