ރާއްޖޭގެ ނޭޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 އިފްތިތާހް ކުރުން: ފޮޓޯ/ ޕޮލިސް
ހަބަރު
15 Nov 2024 | 10:47
ގިނަ ޚިދުމަތްތަކާއެކު އިމަޖެންސީ ކޯލް ސެންޓަރު 911 އިފުތިތާހުކޮށްފި

އިމަޖެންސީ ހާލަތްތަކުގައި ގުޅާނެ އެއް ނަންބަރެއް ކަނޑައަޅައި، ރާއްޖޭގެ ނޭޝަނަލް އިމަޖެންސީ ކޯލް ސެންޓަރު 911 ރޭ އިފުތިތާހު ކޮށްފިއެވެ.

އިމަޖެންސީ ޚިދުމަތްތައް އެއް ނަންބަރެއްގެ ދަށުން ލިބޭނެ ގޮތް ހަމަޖެއްސެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މި އިފުތިތާހު ކުރި އިމަޖެންސީ ކޯލް ސެންޓަރުގެ ދަށުން، ފުލުހުން، އެމްއެންޑީއެފް، އެމްބިއުލާންސް، ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ޚިދުމަތްތައް ލިބިގެންދާނެއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ނޭޝަނަލް އިމަޖެންސީ ކޯލް ސެންޓަރުގެ ނަންބަރު 911ގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ އެއީ އެންމެން ވެސް ދަންނަ ނަންބަރަކަށް ވާތީ ކަމަށެވެ. އެގޮތުން، ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކެއްގައި އިމަޖެންސީ ސާވިސް ނަންބަރެއްގެ ގޮތުގައި 911 ބޭނުން ކުރާކަން ފާހަގަކުރެއްވިއެވެ.

”ނަމްބަރު އިހުތިޔާރުކުރި އިރު ވަރަށް ބޮޑަށް ބެލިން އޭގެ ޒާތުގައި ޕްރޮމޯޓްވަމުން ކުރިއަށްއޮތް ތަނުގައި ވެސް އަންނާނެ ނަމްބަރެއް ސެލެކްޓްކުރުން.އެގޮތުން އަޅުގަނޑުމެންނަށް އެކިއެކި މީޑިއާގެ ޒަރިއްޔާއިން ވެސް ފެންނަ އެއް ނަންބަރަކީ، ފިލްމުތަކުން ވެސް އަދި ކާޓޫނުތަކުން ވެސް ފެންނަނީ 911. އެހެންކަމުން އަޅުގަނޑުމެން ނިންމީ އެންމެ ފަސޭހަ ގޮތަކީ އަދި ގިނަ ރައްޔިތުންނަށް ހަނދާނުގައި ބަހައްޓަން ވެސް ފަސޭހަވާނީ މިފަދަ ނަންބަރަކާއިގެން ކުރިއަށްދިޔައީމަކަން.“

ވަޒީރު ޢަލީ އިހްސާން

އިހްސާން އިތުރަށް ވިދާޅުވީ، އިމަޖެންސީ ސާވިސް ސެންޓަރުން ދޭ ޚިދުމަތް އިތުރަށް ފުޅާކޮށް، މިއަށްވުރެ ފުރިހަމައަށް މި ޚިދުމަތް ދެވޭނެ ގޮތްތަކެއް ކުރިއަށް އޮތް ތަނުގައި ހޯއްދަވާނެކަމަށެވެ. 

އެގޮތުން، ކޮމިޔުނިކޭޝަން ސިސްޓަމްތައް އެޑްވާންސްކުރުމާއި، ޖީއައިއެސް މެޕް ކުރެވޭނެ ނިޒާމަކަށް ބަދަލުކޮށް، ޑިސްޕެޗް ސޮފްޓްވެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޑިސްޕެޗް ސެންޓަރުތަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތަށް ހެދުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ރެސްޕޮންސް ޓައިމް އަވަސް ކުރުމާއި (ހާދިސާއާ ހިސާބަށް ދެވޭނެ ވަގުތު އަަވަސް ކުރުން)  ކޯލް ސެންޓަރުގައި ހިދުމަތްދޭ މުވައްޒަފުންގެ ކެޕޭސިޓީ އިތުރު ކުރުމަށް ތަމްރީނު ދިނުމާއި 911 ކޯލް ނަގާ މީހާއަށް ދޭން ޖެހޭ ޓެކްނިކަލް ޓްރެއިނިންގް ދިނުންވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ، މި ޚިދުމަތުގެ ފެންވަރު ދާނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންކަން. މީގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި އެކި ޑިސްޕެޗު ސެންޓަރުތަކުން މި ޚިދުމަތް ލިބެމުން އަންނައިރު، މި ޚިދުމަތުގެ ފުރިހަމަކަން އަޅުގަނޑުމެން ޔަގީންކުރާނަން" އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވަނީ އާއްމުންނާ ގުޅިފައިވާ މިފަދަ މުހިންމު ހިދުމަތެއް، ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.