ބެންގަލޫރު
ހަބަރު
15 Nov 2024 | 12:24
ބެންގަލޫރުގެ ސިޓީ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ބެންގަލޫރުގެ ސިޓީ ހޮޓަލެއްގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނީ ހަސަން ސުހައިލް، 43، އެވެ.

އެގޮތުން އެ ނޫހުގައި ބުނީ، މިދިޔަ ބުދަ ދުވަހު، ސުހައިލް އެއްވެސް ވަރަކަށް އޭނާ ހުރި ކޮޓަރިން ނުނިކުންނާތި އާއި، ކެއުމަށްވެސް އޯޑަރު ނުކުރާތީ، ހޮޓެލުން އޭނާއަށް ގުޅުމަށް މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް އެގޮތުންވެސް ނުގުޅުމުން، ފުލުހުންނަށް ގުޅައިގެން، ފުލުހުންގެ އައިސް ދޮރު ވައްޓާލައިގެން ބެލިއިރު ސުހައިލް އޮތީ މަރުވެފައި ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުން ސުހައިލް ހުރި ކޮޓަރީގެ ފާހާނާގެ ދޮރުމައްޗަށް ހޮޑު ލެވިފައި ހުރި ކަމަށާ، އެހެން ކަމުން މަރުވީ ބެލެވޭ ގޮތުގައި ލޭގެ ޕްރެޝަރު ދަށްވެ ޑީހައިޑްރޭޝަންގެ ސަބަބުން ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

ފުލުހުން ބުނެފައުވާ ގޮތުން، ސުހައިލް ދިވެހިރާއްޖެއިން ބެންގަލޫރުއަށް އައީ ނޮވެމްބަރު 10 ވަނަ ދުވަހުއެވެ. އަދި އޭނާ ހުރީ ބެންގަލޫރުގެ ކަނަކަ ކްރިޝްނާ ކޮމްފޯޓްސް ހޮޓެލުގައެވެ. ހޮޓަލުގެ މުވައްޒަފުން ފުލުހުންނަށް ބުނެފައިވަނީ ސުހައިލް އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހުގެ ހަވީރުގައި ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވާ ގޮތުން ސުހައިލް ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު ބެންގަލޫރުއިން ބޯޕާލަށް ދަތުރުކުރުމަށް ފްލައިޓެއް ބުކްކޮށްފައެވެ. ނަމަވެސް އޭނާ ދަތުރު ނުކުރިއެވެ. އަދި އޭނާ ވަނީ ނޮވެމްބަރު 14 ވަނަ ދުވަހު ބޯޕާލުން މުންބާއީއަށް ފްލައިޓެއް ބުކްކޮށްފައި ކަމަށާ، ނޮވެމްބަރު 15 ވަނަ ދުވަހު މުންބާއީން ދިވެހިރާއްޖެއަށް ފްލައިޓެއް ބުކްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

"އޭނާ ބޯޕާލަށް ދަތުރު ނުކުރި ސަބަބެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަދި ކޮންމެ ދުވަހަކުހެން ފްލައިޓެއް އޮތްއިރު، އޭނާ ގަންގަނަގަރުގެ ހޮޓަލަކަށް އައިސް ހުރި ސަބަބެއްވެސް އަޅުގަނޑުމެންނަކަށް ޔަގީނެއް ނުވޭ." ފުލުހުން ބުނެފައިވެއެވެ.

ސުހައިލްގެ މަރާއި ގުޅިގެން އިންޑިޔާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއަށް އެކަން އަންގާފައިވާ ކަމަށާ، ފުލުހުން މިހާރު މަޑުކުރަމުންދަނީ އެމްބަސީ މެދުވެރިކޮށް އާއިލާއަށް އެކަން އަންގައި، ސުހައިލްގެ ޕޯސަޓްމޯޓަމް ހެދުމާއި، އޭނާ އިންޑިއާއަށް އައި ސަބަބު ބެލުމަށް ކަމަށްވެސް އިންޑިޔާ ފުލުހުން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ