ހައިޑްރަޖަން ރޭލެއް
ހަބަރު
16 Nov 2024 | 08:50
ހައިޑްރޯޖަން ރޭލުގެ ޓެސްޓް ދަތުރަށް އިންޑިއާއިން ތައްޔާރުވަނީ

ތެލާއި ކަރަންޓު ބޭނުން ނުކޮށް، ހައިޑްރޯޖަން ބޭނުންކޮށްގެން ދުއްވާ އިންޑިއާގެ ފުރަތަމަ ރޭލުގެ ޓެސްޓް ދަތުރުތައް މިއަހަރުގެ ޑިސެމްބަރު މަހު ފެށުމަށް އިންޑިއާއިން ތައްޔާރުވަމުން އެބަދެއެވެ.

ޖައްވަށް ވިހަ ގޭހުގެ ބަދަލުގައި ފެނާއި ހޫނު އެކަނި ބޭރުކުރާނެ މި ރޭލަކީ ތިމާވެއްޓާއި އެންމެ ރައްޓެހި ރޭލަށް ވެގެންދާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު ރޭލު ނެޓްވޯކް އޮތް އިންޑިއާގެ ރޭލު ނިޒާމުގައި ބޭނުންކުރުމަށް މީގެ 35 ރޭލު ހޯދުމަށް އިންޑިއާގެ ރެއިލްވޭ ކުންފުނިން ވަނީ މިހާރު އޯޑަރު ދީފައެވެ. އަދި އެކަމަށް ވާން ޖެހޭ ތައްޔާރީތައްވެސް ދަނީ ވަމުންނެވެ. ރޭލެއްގެ އަގު 80 ކުރޯޑަށް އަރާކަމަށް ރޭލު ކުންފުންޏާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހައިޑްރޯޖަން އުފެއްދުމަށް ރޭލު ނިޒާމުގައި ގިނަ އަދަދަކަށް ފެން ބޭނުންކުރަން ޖެހޭއިރު، ފެން ރައްކާކުރާނެ ނިޒާމުވެސް ދަނީ ތަރައްގީކުރަމުންނެވެ.

ފުރަތަމަ ހައިޑްރޯޖަން ރޭލު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ހަރްޔާނާގެ ޖިންގް-ސޯނީޕަތު ރޫޓުގައެވެ. އަދި އޭގެ ފަހުގައި އެހެން ސަރަހައްދުތަކަށްވެސް ހައިޑްރޯޖަން ރޭލުގެ ޚިދުމަތް ފުޅާކުރެވޭނެއެވެ.

ޑީސަލް ނުވަތަ ކަރަންޓު ބޭނުންކޮށްގެން ދުވާ ރޭލާއި އެއް ސްޕީޑެއްގައި ދުވާ މި ރޭލުތައް އެހެން ރޭލު ތަކަށްވުރެ 60 އިންސައްތަ އަޑު މަޑުވާނެއެވެ. އަދި ގަޑިއަކު 140 ކިލޯމީޓަރު ބާރު މިނުގައި ދަތުރުކުރާއިރު، ފަހަރަކު 1000 ކިލޯމީޓަރު ކަޑައްތުކުރާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.