ޔޫއެސް ނެޝަަލް ސެކިއުރެޓީ އޭޖެންސީ
ދުނިޔެ
16 Nov 2024 | 21:26
އެމެރިކާގެ ޓެލެކޮމް ނިޒާމަށް ސައިބަރ ހަމަލާދިނީ ޗައިނާއިންކަމަށް ތުހުމަތުކޮށްފި

ފާއިތުވި މަހުގެ ފަހުކޮޅު އެމެރިކާގެ ޓެލެކޮމް ނިޒާމަށް ދިން ސައިބަރ ހަމަލާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި ހިންގާފައިވާ ސީރިއަސް ޖާސޫސީ އޮޕަރޭޝަނެއް ކަމަށް ބެލެވޭކަމަށް އެފްބީއައި އާއި ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އޭޖެންސީ (ސީސާ) އިން ބުނެފިއެވެ.

ވޮއިސް އޮފް އެމެރިކާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެނަލިސްޓުން މިހާރު ގަބޫލުކުރާ ގޮތުގައި އެމެރިކާގެ ޓެލެކޮމިއުނިކޭޝަން ނިޒާމުތަކަށް ދިން މި ސައިބަރ ހަމަލާއަކީ، ފުރަތަމަ ހީކުރެވުނު ގޮތާ ޚިލާފަށް، އެމެރިކާގެ ރިޔާސީ ކެމްޕޭންތަކަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ނޫނެވެ. މިއީ ޗައިނާއިން އެމެރިކާގެ މައްޗަށް ފުޅާ ދާއިރާއެއްގައި ޖާސޫސީ ހިންގުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ.

މި ދެ އޭޖެންސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެމެރިކާގެ އެކި ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުގެ ނެޓްވޯކްތަކަށް ޗައިނާއާ ގުޅުންހުރި ހެކަރުން ވަދެ، ގިނަ އަދަދެއްގެ މުހިންމު މަޢުލޫމާތުތަކަށް ވާސިލުވެފައިވާ ކަމަށް ތަޙުޤީޤުން ހާމަވެފައިވާ ކަމަށެވެ. މީގެ އިތުރުން، އެމެރިކާގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ކޯޓު އަމުރުގެ ދަށުން އެދިފައިވާ މަޢުލޫމާތުތައްވެސް މި ހެކަރުން ކޮޕީކޮށްފައިވާ ކަމަށް ބެލެވެއެވެ.

އެމެރިކާއަށް ސައިބަރ ހަމަލާއެއް އައިކަން އެމެރިކާގެ ސަރުކާރުން ހާމަކުރީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ދެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.