ޖަޔަޝަންކަރު ސިމްބައޮސިސް އިންޓަނޭޝަނަލް ޔުނިވާސިޓީގެ ދުބާއީ ކެމްޕަސް އިފްތިތާހުކޮށްދެއްވަނީ
ދުނިޔެ
17 Nov 2024 | 13:19
އިންޑިއާ-ޔޫއޭއީ ގުޅުން އިތުރު ހަރުފަތަކަށް ހިނގައްޖެ: ޖައިޝަންކަރު

އިންޑިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައިވާކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑުބާއީގައި އިންޑިއާގެ ސިމްބިއޯސިސް އިންޓަނޭޝަނަލް ޔުނިވަރސިޓީގެ ކެމްޕަސްއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ 2015 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ދެޤައުމުގެ ގުޅުން އެހެން ހަރުފަތަކަށް ގޮސްފައިވާކަމަށެވެ. މޯދީގެ އެދަތުރުފުޅަކީ އިންޑިއާގެ އެފެންވަރުގެ ވެރިއަކު ޔޫއޭއީއަށް ގަރުނެއްގެ ތެރޭގައި ކުރެއްވި އެފަދަ ފުރަތަމަ ދަތުރުފުޅެވެ. އަދި ދެގައުމުގެ މެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރުމަށް ގާއިމްކުރެވިފައިވާ އެއްބަސްވުންތަކަކީ ނެގޯސިއޭޝަންސް އެންމެ އަވަހަށް ނިންމާލެވުނު އެއްބަސްވުންތައްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިމްބިއޯސިސްގެ ކެމްޕަހެއް ޑުބާއީގައި ހުޅުވުމަކީ ދެގައުމުގެ މެދުގައި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިވަމުންދާކަމުގެ ހެއްކެއްކަމަށްވެސް ޑރ ޖައިޝަންކަރު ވިދާޅުވިއެވެ. "އިންޑިއާ އޮންނަން ޖެހޭނީ ބައިނަލްއަގްވާމީ މަސައްކަތުގެ ބާޒާރަށް ތައްޔާރުވެ. އަދި ހަމައެއާއެކު ޗިޕްތަކާއި، އިލެކްޓްރިކް މޮބިލިޓީ އަދި ސާފު ފެހި ހަކަތައާއި އިއާދަކުރަނިވި ހަކަތައިގެ އިތުރުން ޖައްވީ ދިރާސާތަކުގެ ޒަމާނަށްވެސް ތައްޔާރުވެގެން" ޖައިޝަންކަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުކޮށް ހުރި ތަންތަނުގެ އެއްބަސްވުން އުވާލަނީ
ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްރަށާއި ފަޅުތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކޮށް 8 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ ތަންތަނުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.