މަޖިލީހުގެ ނައިބްރައީސްކަން ލިބިޖެއްޔާ އެކަން ކުރާނަން- އީވާ

11 Apr 2019 | 18:52

ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ފާޅު ކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާފައި ވާހަކަފުޅު ދައްކަވަމުން ގަލޮޅު ދެކޮނު ދާއިރާގެ މަޖިލިސް ގޮނޑި ދިފާއުކުރައްވާފައިވާ އީވާ ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސް ކަމަށް އަންނަން އޭނާ ތާއީދުކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއަށް ކަމަށެވެ.

އަދި އަސްލަމްއަކީ މަޖިލީހުގެ ބަހުސްތަކާއި ސިޔާސީ ގޮތުން ކުރައްވާ މަޝްވަރާ ތަކުގައިވެސް އަސްލަމަކީ ހީވާގި ވިސްނުން ތޫނު ބޭފުޅެއް ކަމަށެވެ. އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް އަސްލަމަކީ މުހިއްމު މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ފުރުސަތު ދެއްވައިފިނަމަ މަޖިލީހުގެ ނައިބުރައީސް ކަން ބަލައިގަންނާނެ ކަމަށެވެ. އީވާ އަކީ މަޖިލީހުގައި ދެ ދައުރު ފުރުއްވާ ތިންވަނަ ދައުރަކަށް އިންތިޚާބުވެފައިވާ މެންބަރެކެވެ.

މަޖިލީހުގެ ރައީސް ކަމަށް އަންނަ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާފައިވަނީ އަސްލަމްއަށެވެ. އަސްލަމްގެ އިތުރުން އެޕާޓީގެ ފަރާތުން މަޖިލީހަށް އިންތިޚާބުވެފައިވާ ހަސަން އަފީފުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ޖާބިރުވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކޮންމެ ބޭފުޅަކު މަޖިލީހުގެ ރައީސް ކަމަށް އަދި ނައިބުރައީސް ކަމަށް އަޔަސް އެމެންބަރަކު ވާންޖެހޭނީ އެމްޑީޕީގެ މެމްބަރަކަށް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement