ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމާއި ބެހޭ ގަރާރު އެމެރިކާއިން ވީޓޯ ކުރަނީ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
21 Nov 2024 | 10:11
ޣައްޒާ ގަތުލުއާއްމު ވަގުތުން ހުއްޓާލުމާއި ބެހޭ ގަރާރު އެމެރިކާއިން އަނެއްކާވެސް ވީޓޯ ކޮށްފި

ނިރުބަވެރި ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާން ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައި، އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް އެމެރިކާއިން ވީޓޯ ކޮށްފިއެވެ.

މި ގަރާރާއި އެއްކޮޅަށް އެ މަޖިލީހުގެ 15 މެމްބަރު ގައުމުތަކުގެ ތެރެއިން 14 މެމްބަރުން ވޯޓް ދިންއިރު، އެމެރިކާއިން ވީޓޯ ބާރު ބޭނުންކުރުމާއިއެކު، ސަލާމަތީ މަޖިލީހުން މި ގަރާރު ފާސްކުރުމަށް ވަނީ ހުރަސް އެޅިފައެވެ.

އެމެރިކާއިން ބުނި ގޮތުގައި، އެމީހުން މި ގަރާރު ވީޓޯ ކުރީ، އޭގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލާނެކަމަށް ބަޔާންކޮށްފައި ނެތުމުންނެވެ. އެހެންނަމަވެސް އަލް ޖަޒީރާއިން ރިޕޯޓް ކުރާގޮތުގައި، މި ގަރާރުގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް، އެންތަނީ ބްލިންކެން، ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ކަމަށް ވިދާޅުވެ ދަތުރުފުޅުތައް ކުރައްވަމުންދާއިރު، މިއީ ޣައްޒާގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ހިންގަމުންދާ އުދުވާން ހުއްޓާލުމާއި ގުޅޭގޮތުން އދ އަށް ހުށަހެޅި ގަރާރު އެމެރިކާއިން ވީޓޯ ކުރި 4 ވަނަ ފަހަރެވެ.

އެމެރިކާ އަކީ އިސްރާއީލުގެ އެންމެ ބޮޑު އެހީތެރިޔާއަށް ވާއިރު، އެގައުމުން އަންނަނީ އިސްރާއީލަށް ކޮންމެ އަހަރަކުވެސް އަސްކަރީ އެހީގެ ގޮތުގައި 3.8 ބިލިއަން ޑޮލަރު ފޯރުކޮށްދެމުންނެވެ. ހަމައެއާއިއެކު، ޣައްޒާއަށް ޔަހޫދީން އަރައިގެންފަހުން އެމެރިކާގެ ރައީސް، ޖޯ ބައިޑެންގެ ސަރުކާރުން އިސްރާއީލަށް 14 ބިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ