އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް-- ފޮޓޯ: މަޖިލިސް
ހަބަރު
25 Nov 2024 | 13:56
އިސްރާއީލް ޕާސްޕޯޓު މައްސަލައިގައި ފަލަސްތީނާއި އަރަބި ގައުމުތަކުގެ ލަފާހޯދަން ޖެހޭ: ފަލާހް

ރާއްޖެއިން އިސްރާއީލު ޕާސްޕޯޓް މަނާކުރުމާއި ބެހޭ މައްސަލައިގައި ފަލަސްތީނާއި އަރަބި އެހެން ގައުމުތަކާއި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ލަފާ ހޯދަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އިބގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ، އިޒްރޭލްގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، 241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ފަލާހް ވިދާޅުވީ، ޕާސްޕޯޓް މަނާކުރުމުން ފަލަސްތީނަށް އޮތް ފައިދާއެއް ބަލަންޖެހޭ ކަމަށާއި، އިސްރާއީލުގައިވެސް މުސްލިމުން އުޅޭކަމަށާއި، އިސްރާއީލް ޕާސްޕޯޓް މަނާކުރާއިރު އަރަބި ގައުމުތަކުގެ ލަފާވެސް ހޯދަން ޖެހޭ ކަމަށެވެ.

"ފަލަސްތީނުގެ އިތުރުން، މި މައްސަލައިގައި އަރަބި އެހެން ގައުމުތަކާއި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފާ ވެސް ހޯދަން ޖެހޭ. އެއީ އިސްރާއީލްގައި ވެސް އެތައް ސަތޭކަ މުސްލިމުން ވެސް އެބަ އުޅޭ. އިސްރާއީލް ޕާސްޕޯޓު މަނާ ކުރާއިރު މިއީ އަވަސް އަރުވާލައިގެން ނިންމޭ ކަހަލަ މައްސަލައެއް ނޫން. އެހެންވީމާ ވަރަށް ފުޅާ ދާއިރާއެއްގައި މި މައްސަލަ ދިރާސާކޮށްފައި ނޫނީ ގޮތެއް ނިންމައިގެން ނުވާނެ." 

ފަލާހް ވިދާޅުވިއެވެ.

އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގަމުންގެންދަނީ އަނިޔާވެރި އަމަލުތަކެއްކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިމިދިޔަ އެމްޑީޕީ މެޖޯރިޓީ މަޖިލީހުގައި ވެސް ހުށަހެޅި ނަމަވެސް ސަރުކާރު ނިމިގެން ދިޔައިރު އެކަމުގައި ގޮތެއް ނުނިންމުނީ އެއީ ކޮންމެވެސް ސަބަބެއް އޮތުމުން ކަމަށެވެ.

ހަމައެއާއިއެކު، މިއީ ސިޔާސީ ގޮތުން ގައުމަށް ގެއްލުން ހުރި ކަމަކަށް ވެގެން ނުވާނެ ކަމަށާއި، މި މައްސަލައާއިމެދު ފުޅާ ދާއިރާގައި މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ފަލާހް ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.