ބޮޑެތި ތުހުމަތުތަކެއް އުފުލާފައިވާ އީސީގެ ތިން މެމްބަރުން-- ފޮޓޯ: ދައުރު
ހަބަރު
25 Nov 2024 | 15:26
އީސީގެ މެންބަރުންގެ މައްޗަށް ޑޭޓާބޭސް އިން މައުލޫމާތު ނަގައި ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއް!

އިލެކްޝަން ކޮމިޝަން (އީސީ) ގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައި، އެޕްލިކޭޝަން ހެދުމާއި އާއްމު ރައްޔިތުންގެ މައުލޫމާތުތައް ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.

މި ތުހުމަތުތައް ކޮށްފައިވަނީ އީސީގެ ނައިބު ރައީސްގެ ގޮތުގައި ހުރި އަލީ ނަޝާތު އަދި އެ ކޮމިޝަންގެ މެންބަރުން ކަމަށްވާ ޑރ. މުހައްމަދު ޒާހިރާއި މުހައްމަދު އާސިފްގެ މައްޗަށެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައި މި ތިން ބޭފުޅުން ވެސް މަގާމުން ވަކިކުރަން އެ ކޮމެޓީން ފާސްކޮށްފައިވާއިރު، މި ބޭފުޅުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުން ވަނީ ވަކިކުރުމަށް ފާސްކޮށްފައެވެ.

އެ މައްސަލަ ބެލި ކޮމެޓީގެ ރިޕޯޓުގައި އެ ތިން ބޭފުޅުންގެ މައްޗަށް ވަނީ ގިނަ ކަންތައްތަކެއް ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އުސޫލުން ބޭރުން ގިނަ ކަންތައްތަކެއް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި އިލެކްޝަނަށް ބޭނުންވާ އާލާތް ހޯދަން މަސްލަހަތު އޮންނަ ވަކި ކުންފުންޏެއް މެދުވެރިކޮށް ކުރުމާއި އީސީގެ ޑޭޓާބޭސް ނަހަމަގޮތުގައި ބޭނުންކޮށްގެން އައިޑީކާޑު ވިއްކާފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން އެ ބޭފުޅުން އިލެކްޝަނުގެ މުއައްޒަފުންނާ ބޭއަދަބީކޮށް މުއާމަލާތްކުރުމާއި، ވަކި މުއައްޒަފުންތަކެއް ކޮންޓްރޯލްކޮށްގެން ގެންގުޅުމުގެ އިތުރުން ސިޔާސީ ފަރާތްތަކަށް އީސީގެ ތެރެއިން އުސޫލާހިލާފަށް ކަންކަން ކޮށްދީފައިހުރިކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

ކޮމެންޓް
މަހްމޫދު
ކުރާނެ ކަމެއް ކުރަންވީ. ހަދަންބޭނުން ގޮތެއް ހަދަންވީ. ކާނެ ވަރަކަށް ކާންވީ. ސަރުކާރު ބަދަލުވީމާ ދުލި ބަދަލުވީ. އެހިސާބުން ދެން އެއޮތީ ސަލާމަތްވެފަ.
25 Nov 2024
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.