ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު 241 ކޮމިޓީގައި: ފޮޓޯ/ މަޖިލިސް
ހަބަރު
26 Nov 2024 | 10:44
ތާއީދު ކުރަނީ، ސިފައިންވެސް ނުހިމަނައި، ހަމައެކަނި އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު މަނާކުރަން: ގެސްޓްހައުސް އެސޯސިއޭޝަން

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ސިފައިންގެ ޕާސްޕޯޓް މަނާ ކުރަން ތާއީދު ނުކުރާ ކަމަށާ، އެހެނެއް ކަމަކު އެމީހުންގެ ވެރިންގެ ޕާސްޕޯޓް މަނާ ކުރަން ތާއީދު ކުރާ ކަމަަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެފިއެވެ. 

މީހުން ރާއްޖެ އައުން މަނާ ކުރުމަށް އިދިކޮޅު އެމްޑީޕީން އިމިގްރޭޝަން ގާނޫނަށް ހުށަހާޅާފައިވާ އިސްލާހަށް ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ވަނީ ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުން ހާޒިރުކޮށްފައެވެ. 

މި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަމުން، ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ބުނީ، އެ އެސޯސިއޭޝަންގެ އެދުމަކީ އިސްރާއީލްގެ އާއްމު ރައްޔިތުން ނުހިމެނޭގޮތަށް، އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓް މަނާކުރަން ކަމަށެވެ. 

"އެދުމަކީ އިސްރާއީލްގެ އާއްމު ރައްޔިތުން ނުހިމެނޭގޮތަށް، އިސްރާއީލްގެ ވެރިންގެ ޕާސްޕޯޓް މަނާކުރަން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދު ކުރަން. (ޕާސްޕޯޓް މަނާ ކުރަން ބޭނުމީ) އޭގެ ތެރޭގައި އިޒްރޭލު ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިސްރާއީލްއަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމާ އެ (ސިފައިން) ހިމެނިއްޖެއްޔާ އިސްރާއީލްގެ ރައްޔިތުން އެއްކޮށް ހިމެނިގެންދާނެ. ހަމައެކަނި އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު މަނާކުރަން އަޅުގަނޑުމެން ތާއީދުކުރަނީ. ވެރިންގެ ޕާސްޕޯޓު މަނާކުރަން އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ތާއީދުކުރަން، އެއީ ކުރަން ވާނެ ކަމެއް."

ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު

މީގެ އިތުރުން އަހުމަދު ވަހީދު ބުނީ، އިޒްރޭލުގައި އުސޫލުތައް އޮންނަ ގޮތުން ކޮންމެ ޔަހޫދީއަކަށް ވެސް އެ ޕާސްޕޯޓު ހޯދެވޭ ކަމަށެވެ. އެހެންވެ ޔޫރަޕާއި އެމެރިކާއާއި ޖާމަނީ ފަދަ، ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުތަކުގެ މީހުންވެސް އިސްރާއީލް ޕާސްޕޯޓް ގެންގުޅޭ ކަމަށެވެ. 

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުން މަޖިލީހުގެ 241 ކޮމިޓީގައި: ފޮޓޯ/ މަޖިލިސް

"ޖުމްލަކޮށް، އިޒްރޭލު ޕާސްޕޯޓު އޮންނަ ކޮންމެ މީހަކަށް، މުޅި އިޒްރޭލުގެ މައްޗަށް ޕާސްޕޯޓު ބޭން ކުރަން އަޅުގަނޑުމެން އެއްވެސް ވަރަކަށް ތާއީދެއް ނުުކުރެވޭ. އެއީ ފަލަސްތީނުގެ މުސްލިމުންވެސް އިސްރާއީލް ޕާސްޕޯޓް ބޭނުން ކުރޭ.“

ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު

ގެސްޓްހައުސް އެސޯސިއޭޝަންގެ އިސް ބޭފުޅުން މަޖިލީހުގެ 241 ކޮމިޓީގައި: ފޮޓޯ/ މަޖިލިސް

މީގެ އިތުރުން އެ އެސޯސިއޭޝަނުން އެފަދައިން ނިންމީ އެޝޯސިއޭޝަންގެ ހުރިހާ މެންބަރުންނާއި ވާހަކަދައްކައި ޚިޔާލު ހޯދުމަށް ފަހުގައި ކަމަށް އެ އެސޯއސިއޭޝަނުން ބުނެފައިވެއެވެ.

”އަޅުގަނޑުމެން ހާސްވާ ބައިވަރު ކަންކަން އެބަހުރި. ޖުމްލަކޮށް އިސްރާއީލް ޕާސްޕޯޓް ގެންގުޅޭ އެންމެނަށް ބޭންކުރެވޭ ކަމަށް ވަންޏާ، މީގެ ނުރަނގަޅު އަސަރު ތަކެއް ޓުއަރިޒަމް އިންޑަސްޓްރީއަށް ކުުރާނެ ކަމަށް ގަބޫލުކުރެވޭ. ޚާއްސަކޮށް އޮންލައިން ޕްލެޓްފޯމް ތަކުގެ މޭޖަރ ޝެއަރ ހޯލްޑް މި އޮންނަނީ ޔަހޫދީ ދައުލަތަށް ނިސްބަތްވާ ބައެއްގެ އަތުގައި. އެހެންވީމާ ރާއްޖެ ކަހަލަ ކުޑަ ގައުމަކުން މިވަރުގެ ބޮޑު ސްޓޭންޑެއް ނަގައިފިއްޔާ ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ.“

ގެސްޓްހައުސް އެސޯސިއޭޝަން

”އެހެންކަމުން، ޔަހޫދީއެއް ވިޔަސް އިސްރާއީލް ޕާސްޕޯޓް، ނޫނީ ޖަރުމަނު ޕާސްޕޯޓް އޮތަސް، އަޅުގަނޑަށް ހީވަނީ ރާއްޖެ އައުން ކަންނޭނގެ ރާއްޖެއަށް އެންމެ އައުލާކަން ބޮޑީ،“ އިސްރާއީލް ޕާސްޕޯޓް އެއްކޮށް ބޭން ކުރުމާ ދެކޮޅަށް ވާހަކަ ދައްކަމުން ގެސްޓްހައުން އެސޯސިއޭޝަނުން ބުންޏެވެ. 

ކޮމެންޓް
ބަޗީ
ބަލަ ޔަހޫދީ ސިފައިން އެކަމުގައި ފޫގަޅާފައި ތިބީމައެއްނު ހަނގުރާމަ ކުރިޔަށް އެ ގެންދެވެނީ.
26 Nov 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.