އިންޑިއާ ޕޯޓް
ހަބަރު
28 Nov 2024 | 18:53
ޝިޕިންގއާ ގުޅޭ މުހިއްމު ބިލްތަކެއް އިންޑިއާގެ ޕާލަމެންޓަށް ހުށަހަޅަނީ

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ފިނި މޫސުމުގެ ސެޝަންއަށް މަރޗެންޓް ޝިޕިންގ ބިލަކާއި ކޯސްޓަލް ޝިޕިންގ ބިލެއް ހުށަހެޅުމަށް އިންޑިއާގެ މައި ސަރުކާރުން ތައްޔާރުވެއްޖެއެވެ.

މިއީ ކޯސްޓަލް ޝިޕިންގ ދާއިރާ ހަރުދަނާކޮށް ކުރިއަރުވައި، އިންޑިއާ ދިދައިގެ ދަށުން ދަތުރުކުރާ އުޅަނދުފަހަރަށް ފަސޭހަކޮށްދިނުމަށް ހެދޭ ގާނޫނުތަކެކެވެ. އިންޑިއާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިކޮނޮމިކް ޓައިމްސްއިން ބުނާ ގޮތުގައި މަރޗެންޓް ޝިޕިންގ ގާނޫނަކީ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގެ ދަށުން އިންޑިއާއިން ދަމަހައްޓަން ޖެހޭ އުސޫލުތަކާއި އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމަށް އެކަށައެޅޭ ގާނޫނެކެވެ. އަދި ކޯސްޓަލް ޝިޕިންގ ގާނޫނަކީ އިންޑިއާގެ އަމިއްލަ ޝިޕިންގ ދާއިރާގެ ވިޔަފާރިއަށް ޚާއްސަކޮށްގެން ހަދާ ގާނޫނެކެވެ.

އާ ގާނޫނުތަކެއް ހެދިޔަސް، އައްސޭރިފަށް އެތައް ހާސް ކިލޯމީޓަރަކަށް ދެމިގެންދާ އިންޑިއާގައި، އެތެރޭގެ އެއް ބަނދަރުން އަނެއް ބަނދަރަށް ކުރެވޭ ވިޔަފާރިތައް ނިސްބަތުން މަދެވެ. އެހެންނަމަވެސް ޖަޕާނާއި ވިލާތުގެ ގައުމުތަކުން، އެއް ބަނދަރުން އަނެއް ބަނދަރަށް އެތެރޭގެ ވިޔަފާރުކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރެވެ.

ކޯސްޓަލް ޝިޕިންގ ބިލުގެ ދަށުން ކޯސްޓަލް ޝިޕިންގ އާއި އިންޑިއާގެ އެތެރޭގެ ކޯރުތަކުގައި މުދާއުފުލަށް ހިންގޭ ވިޔަފާރތައް އެއްކޮށްލެވޭނެ މަގުތައް ފަހިވެގެންދާނެއެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށާއި، ކޯސްޓަލް ޝިޕިންގެ ޑޭޓާބޭސް އެއް އެކުލަވާލުމަށް ކަމާބެހޭ ފަރާތްތަކަށް މަޖުބޫރު ވާނެއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.