ހިޔާ ސަރަހައްދުގައި ފުލުހުން ކުރިއަށްގެންދިޔަ އަވައްޓެރިންގެ ނޫސްތާ... ފޮޓޯ/ޕޮލިސް
ހަބަރު
30 Nov 2024 | 08:37
ހިޔާ ސަރަހައްދުގެ ރައްޔިތުންނާއި ފުލުހުންގެ، ގުޅުމުގެ މުޅިން އައު ބާބެއް!

ހިޔާ ސަރަހައްދުގައި އެޅި 16 ފްލެޓްގައި މީހުން ދިރިއުޅެން ފަށާފައިވަނީ، 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައެވެ. އެންމެފުރަތަމަ ހިޔާ ފްލެޓަށް މީހުން ދިރިއުޅެން ފެށިއިރު، ފެނާއި ކަރަންޓް ފިޔަވައި އަސާސީ އެއްވެސް ހިދުމަތެއް ނުލިބެއެވެ. އެންމެކުޑަމިނުން ކުޑަކުދިން ކުޅެލާނެ ޕާކެއް އަދި ހިތްފަސޭހަކޮށްލަންދާނެ ސަރަހައްދެއްވެސް ނެތެވެ. ސްކޫލެއް ފިހާރައެއް، އަދި ކިއެއްތަ ހޮޓާގަނޑެއްހާ ހިސާބުވެސް ނުހުރެއެވެ. އެޗްޑީސީން އޭރު ލަފާކޮށްފައިވަނީ އެތަނުގެ ހުރިހާ ޓަވަރެއްގައި މީހުން ދިރިއުޅެން ފެށުމުން އާބާދީ 35،000 އަރާނެ ކަމަށެވެ. ހިޔާ ޓަވަރުތަކަށް ބަލާއިރު، އަދިވެސް މީހުން ދިރިނޫޅޭ އެޕާޓްމަންޓްތައް އެބަހުއްޓެވެ. ނަމަވެސް އެތަނުގެ އާބާދީ މިހާރު 30،000 ހާހަށްވުރެ މައްޗަށް އަރާނޭކަމަށް ބެލެވެއެވެ.

ހިޔާ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށިތާ 3 އަހަރުވެފައިވާއިރު، ބޭނުންވާ އަސާސީ ހިދުމަތްތައް މިހާރު ފުޅާދާއިރާއެއްގައި ލިބެއެވެ. ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓްތައް އެބަހުއްޓެވެ. ހިޔާގައި މީހުން ދިރިއުޅެން ފެށިތާ މިވީ ދުވަސްތަކުގެ ތެރޭގައި އެތަނުގައި ދިރިއުޅެމުންދާ މީހުންގެ އެންމެބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައިވަނީ، އިޖުތިމާއީ މައްސަލަތަކާއި ތަނުގެ ސަލާމަތާއި ރައްކާތެރިކަމެވެ.

ހިޔާގައި ގިނައިން ދިރިއުޅެމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން އެތަނަށް ހިޖުރަކޮށްފައިވާ މީހުންނެވެ. އެހެންކަމުން ޓަވަރުތަކުގެ ފަންގިފިލާތަކުގައި ދިރިއުޅެމުންދާ އާއިލާތަކުގެ މެދުގައި އޮންނަގުޅުން އެހާ ރަނގަޅުނޫންކަން ފާހަގަކުރެވެއެވެ. މިކަން އެނގެނީ ދިމާވާ މައްސަލަތަކުންނެވެ.

ހިޔާ ޓަވަރެއް ފޮޓޯ/ވޮއިސް

"އިއްޔެވެސް އަޅުގަނޑުގެ ފާހާނާ ފެންހިންދާތަނުން ފެން ނުގޮސްގެން ތިރީ އެޕާޓްމަންޓަށްގޮސް އެވާހަކަ ބުނަން ދިޔައިރު އެޕާޓްމަންޓް މީހަކާ ދިމައެއް ނުވި. އެޗްޑީސީއަށްވެސް ރިޕޯޓްކޮށްގެން މިއުޅެނީ. ކޮންމެގޮތެއް ވިއަސް އެކަން ހައްލުވާން އަންނަނީ ތިރީ ފާހާނާގެ ސީލިންނުގައި އިންނަ އެލްބޯގަ އިންނަ އެތި ނައްޓާލައި އެ ސާފުކޮށްގެން" މިއީ ހިޔާ ޓަވަރު 9 ގައި ދިރިއުޅެމުންދާ މީހެއްގެ ޝަކުވާއެވެ. މިފަދަ އެތައް އެތައް ޝަކުވާތަކެއް އެތަނުގައި އެބަހުއްޓެވެ.

ހިޔާ ޓަވަރުތަކުގެ ބެލްކަނިން ބިންމައްޗަށް އެއްޗެހި ވެއްޓުމުން ފެށިގެން ރާވައިގެން ހިންގާ ބޮޑެތި އެތައް ކުއްތަކެއް މިވީދުވަސްތަކުގައި ވަނީ އެތަނުން ފެނިގެންގޮސްފައެވެ. މިފަދަ ކަންތައްތައް ހުރި ނަމަވެސް ހިޔާގައި ވަރަށް ގުޅިގެން އުޅޭ އެޕާޓްމަންޓްތަކުގެ މީހުންވެސް އުޅެމުންދާކަން ފާހަގަކޮށްލެވެއެވެ. އެއް އެޕާޓްމަންޓްގައި ތައްޔާރުކުރާ ކާބޯތަކެއްޗާއި، ރަށުން ގެންނަ ހިކަނދިފަތް ފަދަ ތަކެތި ޖެހިގެންހުރި އެޕާޓްމަންޓުތަކަށްދީ އިޖުތިމާއީ އަވައްޓެރިކަމުގެ ގުޅުން ދަމަހައްޓަމުންގެންދާ މީހުންވެސް އުޅެއެވެ.

ހިޔާ ޓަވަރެއްގެ ބޭސްމަންޓް. މި ސަރަހައްދުގައި އިޖުތިމާއީގޮތުން ހައްލުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި... ފޮޓޯ/ވޮއިސް

ހިޔާގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސީރިއަސް ކަންބޮޑުވުންތަކެއް ހުރިއިރު، އެކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް ހުޅުމާލެ ފޭސްދޭއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ ޔުނިޓުން މިހާރު ވަނީ ސިލްސިލާ ޕްރޮގްރާމުތަކެއް ފަށާފައެވެ. މިގޮތުން ފެށި ފުރަތަމަ އިވެންޓް އިއްޔެ ހެނދުނު "އަވައްޓެރިންގެ ނާސްތާ" ނަމުގައި ކުރިއަށްގެންގޮސްފައިވާއިރު، އެ ހަރަކާތް ކުރިއަށްދިޔައީ ޓަވަރު 9 އަދި 10 ގައި ދިރިއުޅެމުންދާ ރައްޔިތުންނާ އަދި ވިޔަފާރިތަކުގެ އެހީތެރިކަމާއެކުގައެވެ.

ހެނދުނުގެ ނާސްތާއެއް ހިމަނައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޓަވަރުތަކުގައި ދިމާވާ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އަޑުގަދަކުރުމާއި، މަތީފްލޯތަކުން ތިރީ ފްލޯތަކުގެ ބެލްކަންޏަށް އެއްޗެހި ފޭބުންފަދަ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދެކެވި އެކަންކަން ހައްލުކުރުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވުނެވެ. މީގެ އިތުރުން ތަފާތުއެކިއެކި ސްކޭމްތަކާއި، ޓަވަރުތަކުގެ އެޕާޓްމަންޓްތަކުން ރައްކާތެރިގޮތުގައި ކުނި އުކާލުމާއި އެނޫންވެސް ކަންކަމާ ގުޅޭގޮތުގެ މައުލޫމާތުތައް ޓަވަރުތަކުގެ މީހުންނަށް ދެވުނެވެ. މިކަމުގައި ވެމްކޯ އާއި އެޗްޑީސީގެ އޮފިޝަލުން ބައިވެރިވިއެވެ.

ހިޔާ ސަރަހައްދުގައި ފުލުހުން ކުރިއަށްގެންދިޔަ އަވައްޓެރިންގެ ނޫސްތާ... ފޮޓޯ/ޕޮލިސް

އަވައްޓެރިންގެ ނާސްތާ ޕްރޮގްރާމަށް ހިޔާ ޓަވަރު 9 އަދި 10 ގައި ދިރިއުޅެމުންދާ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބުނުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ފުލުހުން ބުނީ، މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހިޔާ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އެއްބައިވަންތަކާއި އެކުވެރިކަން އިތުރުކޮށް، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި އެކުވެރި މާހައުލެއްގައި މުހިއްމު މައުލޫމާތުތައް ހިއްސާކުރުމާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަމަށް ހައްލު ހޯދުމެވެ. އަވައްޓެރިންގެ ނާސްތާ ޕްރޮގްރާމް އަންނަ ހަފްތާގައިވެސް ކުރިއަށްގެންދާނޭކަމަށް ހުޅުމާލޭ ފޭސް ދޭއްގައި ގާއިމްކޮށްފައިވާ ފުލުހުންގެ ޔުނިޓުން ބުންޏެވެ.

ހިޔާ ސަރަހައްދުގައި ފުލުހުން ކުރިއަށްގެންދިޔަ އަވައްޓެރިންގެ ނޫސްތާ... ފޮޓޯ/ޕޮލިސް

ފުލުހުން ފެށި މި ޕްރޮގްރާމާ ގުޅޭގޮތުން ޓަވަރު 9 ގެ ފަންގިފިލާގައި އުޅެމުންދާ މީހަކު ބުނީ، މިފަދަ ޕްރޮގްރާމުތަކުގެ ސަބަބުން ޓަވަރުތަކުގައި އުޅެމުންދާ މީހުން އެކުވެރި މާހައުލަކުން ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާކަމަށެވެ.

"އަޅުގަނޑު ކިތަންމެ ދުވަހެއް ތިރީ އެޕާޓްމަންޓް މީހަކާ ދިމާނުވެގެން އުޅޭތާ. ފާހާނާގައި ފެންބޮޑުވާ މައްސަލަ މުޅިން ހައްލުކުރެވެން އަންނަނީ ތިރީ ފާހާނާގެ ސީލިންގުގައި އިންނަ ގްލީ ނައްޓާލައި އެ ސާފުކޮށްގެން. ފުލުހުންގެ މި ނާސްތާއަށް އައީމަ އިއްތިފާގަކުން ނަމަވެސް މިއަދު މި ދިމާވީ. މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މުހިއްމުކަމަކީ މިއީ. ތަވަރުތަކުގައި އުޅޭ އެއްބަޔަކު އަނެއްބަޔަކާ ގުޅުން ބަދަހިވުން. އޭރުން އަހަރުމެންގެ ތެރޭގައި ދިމާވާ މިފަދަ މައްސަލަތައް އެޗްޑީސީއާ ހަމަޔަށް ނުގޮސް ހައްލުކުރެވޭނެ" ޓަވަރު 9 އަކުން ކުރިން ވާހަކަދެއްކި މީހާ، ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ